ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ހިންގާ މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން، ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްހަފް ބަހަން ފަށްޓައިފިއެވެ.
ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްޙަފް ބަހަން ފެށުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނިތަކުގެ ވެރިންނާ މުސްޙަފް ޙަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ދިހަ ކުންފުންޏަކަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްޙަފް ބަހަން ޙަވާލުކޮށްފައިވެއެވެ.
މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ސަތޭކަ ހާސް މުސްޙަފް ޗާޕްކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ.
ބަހުރެއިންގެ ޤުރުއާން ކެއަރ ސޮސައިޓީއާއި ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ކީރިޠި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން މުސްހަފް މާލްދީފް މަޝްރޫއު ފަށާފައިވަނީ 2014 އޮކްޓޫބަރ 25 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...