ރާއްޖޭގެ ޚަބަރު ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލާ ކޮލެޖުން މެއިމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ މެއި މަހުގެ ކޯސްތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ އަމިއްލަ ގައުމުގައި ތިބެގެން، ބޭރު ގައުމުތަކުގެ މަތީ ފެންވަރުގެ ޕްރޮގްރާމްތައް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުން ކަމަށާއި އެކަމުގެ ފައިދާ ގިނަ ދަރިވަރުންނަށް ކުރަމުން އަންނަ ކަމަށެވެ.

އަންވަރު މިފަދައިން ވިދާޅުވެފައިވާއިރު، އިނގިރޭސިި ވިލާތުގެ ވެސްޓް އޮފް އިންގްލެންޑުގެ ކޯސްތައް އަންނަނީ ވިލާ ކޮލެޖުގައި ހިންގަމުންނެވެ.

މެއި މަހުގެ އިންޓޭކުގައި ފައުންޑޭޝަންއިން ފެށިގެން މާސްޓަރސްއާއި ހަމައަށް އެކިދާއިރާތަކުން ޖުމްލަ 54 ކޯހަކަށް ވަނުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް ފޯމްލުމުގެ އެންމެފަހު ތާރީޚަކީ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.