ދިއިސްލާމް މީޑިއާ

ދިއިސްލާމް މީޑިއާގެ އަޚުލާޤީ މިންގަނޑާއި އެޑިޓޯރިއަލް އުޞޫލު

Ethical standards and editorial principles

1 ސެޕްޓެމްބަރ 2018 PDF
01

ތަޢާރަފު

Introduction

ދިއިސްލާމް މީޑިއާ އަކީ ރައްޔިތުންނަށް ތެދު އަދި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްކަންދޭ، މިނިވަން ނޫސްވެރިކަމުގެ މިންގަނޑުތަކަށް ތަބާވާ މީޑިއާއެކެވެ.

މި އުޞޫލުގެ މަޤްޞަދަކީ ދިއިސްލާމް މީޑިއާގެ ފަރާތުން ޝާއިޢުކުރާ ކޮންޓެންޓުގެ ތެރިންގެ އިތުބާރު ދެމެހެއްޓުމެވެ. ފެންވަރު ހިފެހެއްޓުމާއި، ކިޔުން.

02

ތެދުވެރިކަމާއި ސައްހަކަން

Accuracy

  • ޝާއިޢުކުރާ ކޮންމެ ޚަބަރެއް ނުވަތަ މަޢުލޫމާތަކީ ސައްހަ، ތެދު މަޢުލޫމާތެއްކަން ކަށަވަރުކުރުމަށް އެންމެހައި ނޫސްވެރިން މަސައްކަތްކުރަންވާނެއެވެ.
  • މަޢުލޫމާތު ހޯދި މަޞްދަރުގެ އިތުބާރު ހުރިކަން ކަށަވަރުކޮށް، ޚަބަރު ފެތުރުމުގެ ކުރިން ދެ ފަރާތުގެ ބަސް ހޯދުމަށް އިސްކަންދޭންވާނެއެވެ.
  • ޚަބަރެއްގައި ކުށެއް އޮތްކަން އެނގިއްޖެ ހިނދެއްގައި، ވީހާވެސް އަވަހަކަށް އެކަން އިޞްލާޙުކޮށް، ކިޔުންތެރިންނަށް އެކަން ހާމަކުރަންވާނެއެވެ.
03

ވަކި ފަރާތަކަށް ނުޖެހުމާއި މިނިވަންކަން

Impartiality & Independence

  • ދިއިސްލާމް މީޑިއާގެ އެޑިޓޯރިއަލް ނިންމުންތަކަކީ އެއްވެސް ސިޔާސީ، ވިޔަފާރި ނުވަތަ އަމިއްލަ ނުފޫޒަކުން އެއްކިބާވެފައިވާ ނިންމުންތަކަކަށް ވާންވާނެއެވެ.
  • ޚަބަރު ފެތުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ތަޢައްޞަބު އުފެދޭ ގޮތަށް މަޢުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
  • ޚަބަރާއި ޚިޔާލު (Opinion) ވަކިވާނޭހެން ލިޔުންތައް ބައްޓަންކުރަންވާނެއެވެ.
04

އަބުރާއި ޒާތީ ދިރިއުޅުމަށް އިޙުތިރާމްކުރުން

Privacy & Dignity

  • ކޮންމެ ފަރުދެއްގެވެސް އަމިއްލަ ދިރިއުޅުމާއި އަބުރަށް އިޙުތިރާމްކުރަންވާނެއެވެ. އާންމު މަޞްލަޙަތެއް އެކުލެވިގެން ނުވާ ކަންކަމުގައި މީހުންގެ ޒާތީ މަޢުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
  • ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ޝާއިޢުކުރުމުގައި ކަމާބެހޭ ޤާނޫނުތަކާއި މީޑިއާ ކައުންސިލްގެ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
05

މަޞްލަޙަތު ފުށުއެރުން

Conflict of Interest

  • ދިއިސްލާމް މީޑިއާގެ އެއްވެސް މުވައްޒަފަކު، އެމީހެއްގެ ނޫސްވެރިކަމުގެ ޒިންމާއަށް ހުރަސްއެޅޭ ފަދަ އެއްވެސް ހަދިޔާއެއް، މާލީ ފައިދާއެއް ނުވަތަ ދަޢުވަތެއް ގަބޫލުކޮށްގެން ނުވާނެއެވެ.
  • ވަކި ކަމެއްގައި ނޫސްވެރިޔާގެ އަމިއްލަ މަޞްލަޙަތެއް އޮތްނަމަ، އެކަމެއް އެޑިޓަރަށް ކުރިއާލާ އެންގުމާއެކު، އެ ޚަބަރަކުން އެ ނޫސްވެރިޔާ ދުރުވާންވާނެއެވެ.
06

ދީނާއި ގައުމިއްޔަތު

Religion & National Values

  • އިސްލާމްދީނުގެ އަޞްލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ދިއިސްލާމް މީޑިއާގެ ކޮންޓެންޓް ފެތޭކަން ކަށަވަރުކުރަންވާނެއެވެ.
  • ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުވަތަ މުޖުތަމަޢުގައި ބައިބައިވުން އުފެދޭ ފަދަ ފިތުނަވެރި ވާހަކަތައް ފެތުރުމުން އެއްކިބާވާންވާނެއެވެ.
07

މުޖުތަމަޢުގެ އަޚުލާޤާއި އިޖުތިމާޢީ ޒިންމާ

Social Responsibility

  • ނޭދެވޭ އާދަތަކަށް ހިތްވަރު ލިބޭ ފަދަ ލިޔުންތަކާއި، ބޭއަދަބީ ބަހުރުވަ ބޭނުންކުރުމުން ދުރުހެލިވާންވާނެއެވެ.
  • ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
08

މީޑިއާ ކައުންސިލްގެ ކޯޑް އޮފް އެތިކްސް

Media Council code of ethics

  • ދިއިސްލާމް މީޑިއާގެ އެންމެހައި މުވައްޒަފުން މޯލްޑިވްސް މީޑިއާ ކައުންސިލުން އެކަށައަޅާފައިވާ ނޫސްވެރިންގެ އަޚުލާޤީ މިންގަނޑު އަށް ފުރިހަމައަށް ބޯލަނބަންވާނެއެވެ.

މި އުޞޫލަކީ ދިއިސްލާމް މީޑިއާގެ ބޯޑުން ފާސްކޮށް، 1 ސެޕްޓެމްބަރ 2018 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ އުޞޫލެކެވެ.