20 އޮކްޓޯބަރ 2011 (ބުރާސްފަތި) – މަދީނާ އިން މުޙައްމަދު އަނީލް
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިންނާއި ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރަމުން އެބަދެއެވެ.
އިއްޔެ ހަވީރު އަލްމަނާސިކް ޖަމާޢަތުގެ 105 ޙައްޖުވެރިން މަދީނާއަށް އައިސްފައިވާއިރު، ސިސިލްފަރު ޖަމާޢަތުގެ 123 ޙައްޖުވެރިން މަދީނާއަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މިމަހުގެ 17 ވަނަ ދުވަހު މަދީނާއަށް އައި، ސިސިލްފަރު ޖަމާޢަތުގެ 125 ޙައްޖުވެރިން ވަނީ އިއްޔެ މެންދުރުފަހު 3:00 ގައި މައްކާއަށް ފުރާފައެވެ.
މިހާރު މަދީނާގައި ތިބި ޙައްޖުވެރިން މަދީނާގެ މުހިއްމުތަންތަން ބަލާލުމަށް ކުރާ ޒިޔާރަތް މިއަދު މެންދުރު ފަހުން އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފޮޓޯ: އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާއަށް ދަތުރު ކުރުމުގެ ކުރިން
ފޮޓޯ: ދިވެހި ޙައްޖުވެރިން މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރުން



















ޚިޔާލު