ރާއްޖޭގެ ޚަބަރު ޢިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމްގެ ޚާއްޞަ ކަވަރޭޖް

ޢިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމްގެ ޚާއްޞަ ކަވަރޭޖް

ކިޔާލަން ހޭދަވާނީ 8 މިނިޓް

ފޮންޓް ސައިޒް

ލައިވް ކަވަރޭޖް: ހަސަން ޝިޔާޒް، އަލީ އަހްސަން، އިސްމާއިލް އަފްރާހް އަދި އައިޝަތު އަލީ

(ނޯޓް: މިކަވަރޭޖް ވީހާވެސް ގިނަ ބަޔެއްގެ ފޭސްބުކް ޕްރޮފައިލްގައި ޕޯސްޓް ކޮށްދެއްވުން އެދެމެވެ.)

------------

ޢިލްމީ ޚަޒާނާ ގެ 100 ވަނަ ޕްރޮގްރާމްގެ ފޮޓޯތައް ބައްލަވާ!

މިޚާއްޞަ ކަވަރޭޖް މިހާހިސާބުން ނިމުނީއެވެ. އަލްހަމްދުލިﷲ. މިކަވޭޖް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ދިއިސްލާމް ޓީމްގެ ފަރާތުން ޝުކުރު ދަންނަވަމެވެ.

10.43

ސުވާލުތަކަށް ޖަވާބުދީ ނިންމާލައިފިއެވެ. އަދި ދަރުބާރުގެ އިން ވަގުތުން ގެނެސްދިން ޢިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމް ނިންމާލައިފިއެވެ .

10.26

މިރޭގެ ޕްރޮގްރާމްގައި ސުވާލު ކުރުމަށް ހުޅުވާލފައިވާ މަޢުޟޫއަކީ "ނަމާދު" އެވެ. ޢާންމުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ޕްރޮގްރާމްގައި ބައިވެރިވަނީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ޝައިޚް އަޙްމަދު ސަމީރު، ޝައިޚް ޙަސަން މޫސާ ފިކުރީ އަދި ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެވެ. ޢާންމުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދިނުމުގެ ކުރިން މަޢުޟޫއާއި ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށްފަހު އާންމުންގެ ސުވާލަށް ފުރުސަތު ހުޅުވާލައިފިއެވެ. ވަޑައިގެން ތިއްބެވި ބޭފުޅުންދަނީ ސުވާލުކުރަމުންނެވެ. އަދި ޝައިޚުން ދަނީ ޖަވާބު ދެއްވަމުންނެވެ.

10.20

ޙަޤީޤީ ވާހަކަ އަށްފަހު މިހާރު ކުރިއަށް ދަނީ ސުވާލާއި ޖަވާބު ބައެވެ.

ޢިލްމީ ޚަޒާނާގެ 100 ވަނަ ވެރައިޓީ ޝޯ އަށް ވަރަށް ގިނަ ބަޔަކު ވަނީ ޙާޟިރުވެފައެވެ. ވީޓީވީ އިން ވަގުތުން މިޕްގްރާމް ގެނެސްދެމުންދާއިރު ސަން އެފް.އެމް އިންވެސް ދަނީ ޢިލްމީ ޚަޒާނާ ވަގުތުން ފޮނުވަމުންނެވެ. މިޝޯ ބެލުމަށްޓަކައި ދުރުވެފައިވާ ޙާއްޞަ ބޭފުޅުންގެ ތެރޭގައި މިހާރު ލަވަކިއުމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ) ބައިވެރިވާކަން މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ.

10.03

ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައި ގެނެސްދޭ ހަގީގީ ވާހަކަ ގެނެސްދެން ފަށައިފިއެވެ. ވާހަކަ ގެނެސްދެނީ ރެކޯޑްކޮށްގެން ނޫނެވެ. ސަލާމް ސްޓޭޖަށް ވަޑައިގެން ވާހަކަ ގެނެސްދީފައިވަނީ އޯޑިއަންސްގެ ކުރިމަތީގައެވެ..

10.00

ކުރިއަށް އޮތްތަނުގައި ލަވަ ނުކިޔާނެކަމަށް ހުރިހާ މެހެމާނުންވެސް ވަނީ އޯޑިއަންސްގެ ކުރިމަތީގައި ވިދާޅުވެފައި.

ޝިފާއު: ޖަލަށް ދާންޖެހުނަސް ދެން ލަވަ ނުކިޔާނަންން. އިންޝާﷲ

ބާރީ: އިންޝާﷲ ދެން ލަވަޔެއް ނުކިޔާނަން.

އިބްރާހިމް ރަމީޒު: ލަވަކިޔުން ހުއްޓާލީ ޤުރުއާނުން ދަލީލެއް ފެނުމުން . އެދަލީލުގެ މައްޗަށް ލަވަކިޔޭނެކަމަށް ސައްހަ ދަލީލެއް ގެނެސްދީފިނަމަ މިހާރު މިތާގައިވެސް ލަވަ ކިޔަން ތައްޔާރަށް މިހުރި.

ނޯޓް: ދިއިސްލާމްގެ ހަބަރެއްގައި ކުރިން ދެންނަވާފައިވާނީ 4 ލަވަކިޔުންތެރިން މިޕްރޮގްރާމްގައި ބައިވެރިވާނެ ވާހަކަ. އެހެނަސް ކޮންމެވެސް ސަބަބަކާއި ހުރެ އެބޭފުޅާ ޕްރޮގްރާމްގައި ބައިވެރިވެފައެއް ނުވެއެވެ، ދިއިސްލާމްގައި އެހަބަރު ގެނެސްދީފައިވަނީ ޢިލްމީ ޚަޒާނާގެ ފަރާތުން އެހަބަރު ދިނުމުންނެވެ.

9.51

ތިންވަނަ މެހެމާނަކަށް ޕްރޮގްރާމްގައި ބައިވެރިވަނީ ކުރީގެ ފްރީޒް ބޭންޑްގައި އުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ރަމީޒް (އިބޭ) އެވެ. ލަވަކީއިރުވެސް ހިތްހަމަޖެހުން ލިބުނުކަމަށާއި އެހެނަސް މިހާރު މާބޮޑު ހިތްހަމަ ޖެހޭކަމަށެވެ. ލަވަކިޔުން ހުއްޓާލީ އޭރު ކުޑަކުޑަ ފޮތެއް ލިބުނު ކަމަށާއި އެފޮތަކީ "އިސްލާމް ދީނުގެ ނަޒަރުގައި މިއުޒިކް" އެވެ. އެހެނަސް ދެތިން ގަނޑު އެއްލާފަ ކިޔަން ނުކެރުނުކަމަށެވެ.  ދެން ފޮތް ބޭއްވީކަމަށެވެ. އޭގެ ފަހުން ދުވަހު އަންހެނުން އެފޮތް ކޮބާތޯ އެހިކަމަށާއި އެފޮތް ނުކިޔަންތޯ އެހިއެވެ. އެވަގުތު ވަގުތު އޮތުމުން ފޮތް ކިޔާލީކަމަށެވެ. އޭގެ ވަރަށް ގިނަ މަޢުލޫމާތު ލިބުނު ކަމަށާއި އެފޮތުގެ މައްސަލާގައި އެކި މީހުން ކައިރީ އެހިކަމަށެވެ. ޝައިޚުން ކައިރިވެސް ވަރަށް ސުވާލުކުރި ކަމަށެވެ. އެގޮތުން "ސަރުކާރު ޝައިޚުން" ކައިރީވެސް އެހިކަމަށެވެ. ހުރިހާ ޝައިޚުންވެސް މިއުޒިކް ޝޯދިނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އެއްބަސްވާކަމަށެވެ. އާއިލާގެ ފަރާތުން ލަވަކިޔުން ހުއްޓާލުމުން އެއްވެސް ޕްރެޝަރެއް ނެތް ކަމެށެވެ. އެހެނަސް ރައްޓެހިންގެ ފަރާތުން ވަރަށް ފުރައްސާރަ ކުރިމަތިވީ ކަމަށެވެ. އިތުރަށް އިބޭ ބުނީ މިއުޒިކްގެ ދާއިރާ އާއި ދުރަށް ދިޔަ ފަހުންވެސް ވަރަށް އަގުބޮޑު "އޮފަރ" ތައް ލިބުނު ކަމަށާއި ނަމަވެސް ޤުރުއާނުން މިއުޒިކް ޙަރާމްކުރާ ދަލީލަށް ވިސްނާފައި އެ "އޮފަރ" ތައް ޤަބޫލުނުކުރާ ކަމަށެވެ. އިބްރާހިމް ރަމީޒްގެ އާއިލާގެ މެމްބަރުންގެ ތެރެއިން ލަވައާއި މިއުޒިކްގެ ދާއިރާގައި އުޅޭ މެމްބަރުންނަށް އިބްރާހިމް ރަމީޒު ވަނީ ލަވަކިޔުމާއި ދުރަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ. މަރުވާނެ ކަމަށާއި އެހެންވީމާ ވިސްނާލަންވީ ކަމަށެވެ. މިއީ ކިހާވަރެއްކަން ކުޑަކުޑަ ކޮން ވިސްނާލިޔަސް އެނގޭނެކަމަށެވެ.

.

9.44

ދެން ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުން ބައިވެރިވަނީ ކުރީގެ ލަވަކިޔުންތެރިޔާ ބާރީއެވެ. ބާރީ ލަވަކިޔުން ހުއްޓާލުމުގެ ފުރަތަމަ ސަބަބަކީ "ޢަލީ ރަމީޒު ލަވަކިޔުން ހުއްޓާލުން" ކަމަށެވެ. އޭގެ ފަހުން އަލީ ރަމީޒު އާއި ދިމާވެގެން އަލީ ރަމީޒު ލަވަކިޔުމަކީ ކަމުނުދާ ކަމެއްކަމަށް ބުނިކަމަށާއި އެހެނަސް އޭރު އެކަން ބޮލަށް ނުވަން ކަމަށެވެ.  އޭގެ އެތައް އަހަރެއް ފަހުން ރައްޓެއްސަކު ސީޑީއެއް ދިންކަމަށާއި އެއީ ‘މަރު’ ކަމަށާއި އެސީޑީ އަޑުއެހުމުން ވަރަށް އަސަރު ކަމަށެވެ. ކޮޓަރީގައި އެކަނި އޮވެގެން އެސީޑީ ފަހުންވެސް ބެލިކަމަށާއި  އެދުވަހުވެސް ވަރަށް ބޮޑު އެއްޗެއް ވިސްނުންކަމަށެވެ. އޭގެ ފަހުން ‘މިއުޒިކް’ އާއި ބެހޭ ސީޑީއެއްވެސް ހޯދިކަމަށާއި އެސީޑީ އަޑު އެހި ކަމަށެވެ. މިއުޒިކަކީ ބާރީގެ ދިރިއުޅުމަށް ކުރި މަސައްކަތް ކަމަށާއި އޭރު ލަވަކިޔުން އެއީ ގޯސްކަމެއް އެނގި ހުރެވެސް ލަވަކީ ކަމަށާއި އެއީ އާމްދަނީއަށް ކުރި މަސައްކަތް ވީމާ ހުއްޓާނުލެވުނީއެވެ. އެހެނަސް ލަވަކީއިރު ލިބުނު ހިތްހަމަޖެހުމަށްވުރެ މިހާރު މާ ހިތްހަމަޖެހި އޭގެ ފޮނިކަން ލިބޭކަމަށެވެ.

9.38

ޝިފާއުގެ ވާހަކައިގައި ކުރީގައި މިއުޒިކަކީ ފުރާނައިގެ ކާނާކަމަށް ވިސްނުނު ކަމަށާއި އެހެނަސް މިހާރުއެކަން ޤަބޫލު ނުކުރެވޭ ކަމަށެވެ. ލަވަކިޔުން ހުއްޓާލުމުން އާއިލާގެ ފަރާތުން ޕްރެޝަރު ނާންނަ ކަމަށާއި އެހެނަސް ކޮންމެވެސް ވަރަކަށް އަސަރު ދިރިއުޅުމަށް މާލީގޮތުން ކުރިކަމަށެވެ. މިކަން ހުއްޓާލީ މިކަމަކީ ޙަރާމް ކަމެއްކަން އެނގިހުރެ އެކަން ކުރަން ރަނގަޅު ނުވާނެތީކަމަށެވެ. ލަވަކިޔުން ހުއްޓާލި ދުވަހުވެސް "ޓްރިއޯ" ބޭންޑްގެ ބޮޑު ޝޯއެއްގައި އޭނާ ތަމްސީލްކުރަން ހަމަޖެހިފައި އޮތްކަމަށާއި، ނަމަވެސް ﷲ ގެ ރަޙްމަތްފުޅުން އޭނާ އެކަމުން ސަލާމަތްވެފައިވާ ކަމަށެވެ. ކުރީގެ ރައްޓެހިންނާއިވެސް ގުޅުން އޮންނަ ކަމަށާއި ގުޅުން ނުކަނޑާކަމަށެވެ. ޝިފާޢު އަށް ހިދާޔަތް ލިބުމުގެ އަސްލަކަށް ޤުރުއާން ވީކަމަށެވެ. މިއުޒިކުން ފުރަތަމަ ކޮޅު ހިތްހަމަޖެހުން ލިބުނުކަމަށާއި އެހެނަސް ފަހުން އެކަންވީ "ހެޑޭކް" އަކަށް ކަމަށެވެ.

9.34

ޢިލްމީ ޚަޒާނާގެ ރިޕޯޓަށްފަހު ދެން ކުރިއަށް އޮތީ މެހެމާނުންގެ ވަގުތުކޮޅު. މިރޭ މިޕްރޮގްރާމްގައި 3 މެހެމާނުން ހިމެނެއެވެ. އެބޭފުޅުންގެ ތެރެއިން ފުރަތަމަ ސްޓޭޖަށް ވަޑައިގެން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޫސާ ޝިފާއު (ޓްރިއޯ ޝިފާއު) އެވެ

9.29

މިހާރު ކުރިއަށް ދަނީ މިޕްރޮގްރާމްގެ ޚާއްޞަ ވީޑިއޯ ރިޕޯޓެވެ. މިރިޕޯޓް ހާއްސަ ކުރެވިފައިވާ މައުޟޫއަކީ "މަރު" މިއެވެ.

9.26

ޝިނާން ޢަލީގެ ވާހަކައިގައި މިޕްރޮގްރާމް ސްޕޮންސަރުންނާއި ނުލާ ކުރިއަށް ގެންގޮސްފައިވާކަމަށާއި މިއީ ހިތާމަ ހުރިކަމެއް ކަމަށެވެ. އަދި ޝިނާންގެ ވާކައިގައި ޢިލްމީ ޚަޒާނާގެ ޓީމަށް ބޭނުންވާ ހުރިހާ އެހީއެއް ވެދެއްވާނެކަމަށާއި ސްޕޮންސަރުންގެ އެހީ ނުލިބުނަސް މިޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށެވެ. ޝިނާންގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ޢިލްމީ ޚަޒާނާ ޕްރޮގްރާމަށް ދޭ އިސްކަމުގެ ސަބަބުން ސަންއެފްއެމްގެ ސްޓޫޑިއޯއެއް ޢިލްމީ ޚަޒާނާގެ މަސައްކަތަށް ހާއްސަ ކުރެވުނުކަމަށެވެ.

9.20 މިހާރު ކުރިއަށް ދަނީ ސަން އެފް އެމް ގެ ފަރާތުން އެތަނުގެ ސީ.އީ.އޯ ޝިނާން ޢަލީގެ ވާހަކަ ދެއްކުން

9.15 މިހާރު ކުރިއަށް ދަނީ ޕްރޮގްރާމައި ބެހޭ ވީޑިއޯ ރިޕޯޓެއް

9.14 މިޝޯ ވީޓީވީ އިން ދަނީ ލައިވްކުރަމުން.

9.12 މިރޭގެ ޚާއްޞަ ޕްރޮގްރާމްގެ މައުޟޫއަކީ "ނަމާދު" .

9.09  ޢިލްމީ ޚަޒާނާގެ 100 ވަނަ ޝޯ މިހާރު ފައްޓައިފި. މިޝޯ ގެ ތަޢާރަފް ކުރިއަށް ގެންދަނީ މިޝޯގެ ޕްރެޒެންޓަރ ކުރީގެ ލަވަކިއުންތެރިޔާ ޢަލީ ރަމީޒް

9.02 ދަރުބާރުގެ ދޮށިމޭނާ މާލަމަށް މިހާރު ގިނަ ބަޔަކު ވަނީ ޙާޟިރުވެފައި

8.59 ސަން އެފް އެމްގެ 9.00 ގެ ހެޑްލައިން ނިއުސް ނިމުމުން 9.05 ހާއިރު ޢިލްމީ ޚަޒާނާ ޝޯ ފެށުމަށް ވަނީ ހަމަޖެހިފައި

8.48 ދަރުބާރުގެ ދޮށިމޭނާ މާލަމަށް ޕްރޮގްރާމް ލައިވްކޮށް ބެލުމަށްޓަކައި މީހުން ޙާޟިރުވަމުން އެބަދޭ

8.15

ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 8.45 ގައެވެ

New post: ILMEE KHAAZANA 100 PROROGRAM , IN DHARUBAARUGE IN http://www.dhiislam.com/eng/?p=1413

8.00

ޕްރޮގްރާމްގެ އެންމެހާ ތައްޔާރީތައް ވެނިމިއްޖެ

5.46

މިރޭގެ ޢިލްމީ ޚަޒާނާގެ ޕްރޮގްރާމްގައި ލަވަކިޔުމަށް އަލްވަދާއު ކިޔަނީ ކޮން ބޭފުޅުންނެއްކަން ހާމަކުރާނީ މިރޭގެ ޕްރޮގްރާމްގެ ތެރެއިންނެވެ. އެހެންކަމުން މިބޭފުޅުންގެ ތަޖްރިބާއާއި އެބޭފުޅުންގެ ވާހަކަފުޅު އަޑުއެއްސެވުމަށް ސަންއެފްއެމްއިލް ގެނެސްދޭ ޢިލްމީ ޚަޒާނާ އަޑުއައްސަވާށެވެ.

5.45

ދަރުސް ވީޑިއޯ ވެބްސައިޓު ދަރުސްލައިވް އިން މިރޭގެ ޢިލްމީ ޚަޒާނާ ޝޯ ވީޓީވީއިން ދައްކަމުންދާއިރު ވީޑިއޯ ރެކޯޑްކޮށް ވީހާވެސް އަވަހަށް އެވެބްސައިޓަށް އަޕްލޯޑް ކުރާނެކަމަށްވެސް ދިއިސްލާމްއަށްވަނީ ހަބަރު ލިބިފައެވެ.

5.40

ދޮށިމޭނާ މާލަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ޕްރޮގްރާމް ސަންއެފްއެމް އިންނާއި ވީޓީވީން ވަގުތުން ލައިވް ކުރާނެކަމަށްވެސް ވަނީ މައުލުމާތުލިބިފައެވެ.

5.30

މިރޭ 9:00 އިން ފެށިގެން 10:30 އަށް ދަރުބަރުގޭ ދޮށިމޭނާ މާލަމުގައި ކުރިއަށް ގެންދާ މިޚާއްޞަ ޕްރޮގްރާމްގައި ތަފާތު ސެގްމެންޓްތަކެއް ހުށަހެޅޭނެއެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިންނާއި ކުރެވޭ ސުވާލުތަކަށް ވަގުތުން ޖަވާބުދިނުން ވެސް ހިމެނެއެވެ.

5.00

ޢިލްމީ ޚަޒާނާ” ގެ މިޝޯވް ޚާއްޞަވެގެންދާ ސަބަބުތަކުގެ ތެރޭގައި ލަވަކިޔުމުގެ ދާއިރާއާއި ދުރުވެފައިވާ މަޝްހޫރު 04 ލަވަކިޔުންތެރިން އެމީހުން ލަވަކިޔުމާއި ދުރަށް ދިޔަފަހުން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެނިގެންދާނީ މިޝޯވްއިންކަމަށާއި، މީގެ ތެރޭގައި ލަވަކިޔުން ހުއްޓާލިކަން ރަސްމީގޮތުން މީގެ ކުރިން އެނގިފައިނުވާ ވަރަށް މަޝްހޫރު އެހެން ލަވަކިޔުންތެރިއަކުވެސް އޭނާ ލަވަކިއުމާއި ދުރަށް ދިޔަކަން އޭނާގެ ދުލުން އޯޑިއޮންސަށް ބަޔާންކޮށްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

4.40

2009 ގެ ސަން.އެފް.އެމް އެންމެ މަޤްބޫލު ޕްރޮގްރާމް އެވޯޑް ވެސް ލިބިފައިވަނީ “ޢިލްމީ ޚަޒާނާ” އަށެއެވެ. ޢިލްމީ ޚަޒާނާ ލައިވްކޮށް ބާއްވަން ގަސްތުކޮށްފައިވާއިރު މި ޝޯވް ލައިވްކޮށް ދަރުބާރުގެއިން ބައްލަވާލެއްވުމަށް ގިނަ ޢަދަދެއްގެ ބަޔަކު އެދެމުގެމަތިން ނަން ނޯޓްކޮށް ދަޢްވަތު ކާޑް ދެވިފައިވާވެއެވެ.

4.30

ޢިލްމީ ޚަޒާނާ ޕްރޮގްރާމްއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިޔަށްދަނީ.  މީގެ ކުރިންވަނީ ޢިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމްއަށް ހާއްސަ ވީޑިއޯ ޓްރޭލާއެއް އާންމުކޮށްފައެވެ. ވީޑިއޯ ބައްލަވާ!

4.15

މުއުތަބަރު ފަރާތުން އެނގިފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ 4 ލަވަކިޔުންތެރިން މިޔުޒިކާއި ލަވަޔާއި ދުރައްދާނެކަމަށް 'ރަސްމީކޮށް' މިރޭގެ ޕްރޮގްރާމްގައި އިއުލާން ކުރާނެއެވެ.  ރާއްޖޭގެ ގިނަ ބަޔެއްގެ އެންމެ މަޤްބޫލު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ހުށައަޅައިދޭ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގައި މިފަދަ މުހިންމު ކަމެއް ނިމިގެން ދިޔުމަކީ އެޕްރޮގްރާމްގެ 100 ވަނަ ޕްރޮގްރާމް ހާއްސަ ވެގެންދާ އިތުރު ސަބަބެކެވެ. 4 ލަވަކިޔުންތެރިންގެ މިނިންމުން އާންމުކުރެވޭ މިޝޯއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު މިޝޯއިން ވަރަށް ގިނަ މައުޟޫމާތުތަކެއް ލިބިގެންދާނެކަމަށް ދަނީ ހަބަރު ލިބެމުންނެވެ.

4.10

"އިލްމީ ޚަޒާނާ” އަށް ޢާއްމުންގެ ފަރާތުން ލިބެންފެށި ތަރުހީބެއްގެ ބޮޑުކަމުން، އެ ސިލްސިލާގެ ޕްރޮގްރާމުތަކުގެ ރިކޯޑިން ހިމެނޭ ސީޑީތައް ވެސް ސަން.އެފް.އެމް އިން ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި މިޚާއްޞަ ޝޯވް އޮންނަރޭ “ޢިލްމީ ޚަޒާނާ” ގެ ހުރިހާ ޕްރޮގްރާމްތަކުގެ ސީޑީ ލިބެން ހުންނާނެ ކަމަށް ދިއިސްލާމްއަށް ވަނީ މައުޟޫމާތު ލިބިފައެވެ.

4.05 މެންދުރު

ޢިލްމީ ޚަޒާނާ” އަކީ އިސްލާމްދީނަށް ލޯބިކުރާ ވަރަށް ގިނަބަޔަކު ވަރަށް ތަރުޙީބުދޭ އަދި ފޫހިކަމެއްނެތި އަޑުއަހަމުންދާ ޢިލްމީ ޝޯވްއެކެވެ. ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނާއިބް ރައީސް ޝައިޚް ޙަސަން މޫސާ ފިކުރީ އާއި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ މިޝޯވް އާއްމުކޮށް ހުށަހަޅަމުންގެންދަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް އެވެ. 2010 ގެ ނިޔަލަށް ކޮންމެ ހުކުރުދުވަހެއްގެރޭ ސަންއެފްއެމްއިން 21:30 ން 23:00 ށް ފޮނުވަމުން ދިޔަ މިޝޯވް މިހާރު ދުރަށް ފޮނުވަމުން ގެންދަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށެވެ.

“ޢިލްމީ ޚަޒާނާ” ގެ 100 ވަނަ ޝޯވް ވެގެންދާނީ ރާއްޖޭގެ ތާރީޚްގައި  ދީނީ ޢިލްމުގެ ރޭޑިއޯ ޝޯވްއެއް ފުރަތަމަ ފަހަރަށް ސްޓޫޑިއޯއިން ބޭރުގައި ޢާއްމުންނަށް ހުޅުވާލައިގެން މިހާ ކުލަގަދަކޮށް ބާއްވާ ހުށައެޅުން ކަމުގައެވެ.

ޢިލްމީ ޚަޒާނާ އޮންލައިންކޮން އިވިވަޑައިގަންނަވާނީ ސަންއެފްއެމް ގެ ވެބްސައިޓުންނެވެ. އަދި

ދަޢްވަތު ކާޑު ލިބިފައިވާ ނުވާ ފަރާތްތަކަށްވެސް ޖާގަ އޮތްވަރަކުން ވަނުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލެވިފައިވާކަމަށް ހަބަރުލިބެއެވެ.

ކުރިއަށް އޮތްތަނުގައި ލަވަ ނުކިޔާނެކަމަށް ހުރިހާ މެހެމާނުންވެސް ވަނީ އޯޑިއަންސްގެ ކުރިމަތީގައި ވިދާޅުވެފައި.

ޝިފާއު: ޖަލަށް ދާންޖެހުނަސް ދެން ލަވަ ނުކިޔާނަންން. އިންޝާﷲ

ބާރީ: އިންޝާﷲ ދެން ލަވައެއް ނުކިޔާނަން.

އިބްރާހީމް ރަމީޒް: ލަވަކިޔުން ހުއްޓާލީ ޤުރުއާނުން ދަލީލެއް ފެނުމުން. އެދަލީލުގެ މައްޗަށް ލަވަކިޔޭނެކަމަށް ޞައްޙަ ދަލީލެއް ގެނެސްދީފިނަމަ މިހާރު މިތާގައިވެސް ލަވަ ކިޔަން ތައްޔާރަށް މިހުރީ.

ޓެގް

ދީން ޢިލްމީ ޚަޒާނާ ސަލަފް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.