ރާއްޖޭގެ ޚަބަރު ދީނީ ޗެނަލެއް ހެދުމަށް ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ އެއްބަސްވެއްޖެ

ދީނީ ޗެނަލެއް ހެދުމަށް ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ އެއްބަސްވެއްޖެ

ދީނީ ޗެނަލެއް ހެދުމަށް ޕީއެސްއެމް އާއި އިސްލާމިކް މިނިސްޓްރީ އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރައްޔިތުންގެ ދީނީހެލުންތެރިކަން އިތުރުކުރެއްވުމަށާއި ދީނީ ވަޙްދަތު ހިފެހެއްޓެވުމަށް ދިވެހިދައުލަތުން ކުރައްވާ މަސައްކަތް ވަރުގަދަ ކުރައްވައި ދެމެހެއްޓެވުމަށް އިތުރު ބާރެއްގެގޮތުގައި އުފައްދަން ހަމަޖެހިފައިވާ ދީނީ ޓީވީ ޗެނަލް އުފެއްދުމާއި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި އިސްލާމިކް އެފެއާޒް މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވީ ން އިސްލާމިކް މިނިސްޓްރީއާ ގުޅޭ ދާއިރާތަކުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ރައީސް ކުރައްވާ ކަމަށާއި ދީނީ ޗެނަލްއެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ޤާނޫނުން ކުންފުނީގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު އެއް ވާޖިބަކީ ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށާއި އެ މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި ދެމި ތިބޭނެ ކަމަށެވެ.

ޕީއެސްއެމްއިން މިހާރު އަންނަނީ  ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރޭޑިއޯ ޗެނަލް އެއްގެ ހިދުމަތް ދެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.