މޯލްޑިވްސް ސެންޓަރ ފޯ ފައިނޭންސް (އެމްސީއައިއެފް) އާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި (އެމްއެމްޑީސީ) ގުޅިގެން އިސްލާމިކް ކެޕިޓަލް މާކެޓްގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެއްބަސްވެއްޖެއެވެ.
މިކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި އެމްސީއައިއެފްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ދީދީ އެވެ. އެމްއެމްޑީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން މަނިކެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީކޮށް ފުޅާކުރުމުގެ އިތުރުން އެކުލަވާލަންޖެހޭ މާލީ ވަސީލަތްތަކާއި ޕްރޮޑަކްޓުތައް އެކުލަވާލުމާއި، ކުންފުނިތަކަށާއި ތަފާތު މަޝްރޫއުތަކަށް ބޭނުންވާ ފަންޑު، އިސްލާމިކް ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ މަގުތަނަވަސް ކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
އެމްއެމްޑީސީއަކީ ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަންޑު ހޯދަން ބޭނުންވާ ކުންފުނިތައް، މާކެޓާ ހަމައަށް ގެނެސްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި، ވިޔަފާރި އުސޫލުން މިހާރު ވެސް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ 90 ޕަސެންޓް އަދި އެސްޓީއޯގެ 10 ޕަސެންޓު ހިއްސާ އޮވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...