މޯލްޑިވިއަން ޔޫތް ލީގް (އެމްވައިއެލް) އަދި ޖަމިއްޔަތުއް ރަޙްމާ ގުޅިގެން 1436 ވަނަ އަހަރުގެ ރަމަޟާންމަހު ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް އެދެޖަމިއްޔާއިން ހާމަ ކޮށްފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޖަމިއްޔަތުއް ރަޙްމާގެ އޮފިޝަލަކު ވިދާޅުވީ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން މަސްޖިދުއް ސުލްޠާން ހަސަން އިއްޒުއްދީން (ޠައިބާ މިސްކިތް) ގައި ރޯދަވީއްލުމުގެ އިންތިޒާމްތައް އެޖަމިއްޔާއާއި މޯލްޑިވިއަން ޔޫތް ލީގް ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކު 100 މީހުންނަށް ރޯދަވީއްލުން ޠައިބާ މިސްކިތުން ހަމަޖެހިގެން ދާނެ ކަމަށާއި ރަމަޟާން މަސް ނިމެންދެން މިހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރޯދަވީއްލުމުގެ އިތުރަށް، ރޯދަ ވީއްލުމުގެ ކުރިން ޝައިޚުންގެ އަގުހުރި ނަސޭހަތްތަކެއްވެސް އަޑުއަހާލުމުގެ އިންތިޒާމްވެސް ޠައިބާ މިސްކިތުގައި ހަމަޖެހިފައިވާ ކަމަށް އެދެޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...