ރާއްޖޭގެ ޚަބަރު ޓީޑީއެމްގެ "ހޭސްޓަން ޔުއަރ އިފްތާރ" މިއަހަރުވެސް ކުރިއަށް ގެންދަނީ

ޓީޑީއެމްގެ "ހޭސްޓަން ޔުއަރ އިފްތާރ" މިއަހަރުވެސް ކުރިއަށް ގެންދަނީ

ޓީޑީއެމްގެ "ހޭސްޓަން ޔުއަރ އިފްތާރ" މިއަހަރުވެސް ކުރިއަށް ގެންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓީމް ދައުވާ މޯލްޑިވްސް ގެ ފަރާތުން ރަމަޟާންމަހު ކުރިއަށް ގެންދާ "ހޭސްޓަން ޔުއަރ އިފްތާރ" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

ޓީޑީއެމްގެ ފަރާތުން ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ޓީޑީއެމްގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް "ހޭސްޓަން ޔުއަރ އިފްތާރ" ކުރިއަށް ދާނެ ކަމަށެވެ.

"ހޭސްޓަން ޔުއަރ އިފްތާރ" އަކީ ބަންގި ގޮވުމުން ރޯދަވީއްލުން އަވަސް ކުރުމުގެ ސުންނަތް މީހުންގެ ގައިގައި އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިހަރަކާތުގައި ރޯދަވީއްލާ ވަގުތު ރޯދަވީއްލުމަށް ނުދެވި މަގުތަކުގައި ތިބޭ މީހުންނަށް ރޯދަ ވީއްލުމަށް ކަދުރާއި ފެން މަގުމަތިން ފޯރު ކޮށްދީ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.