ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓްރީއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އިސްލާމިކް މިނިސްޓްރީއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އިސްލާމިކް މިނިސްޓްރީއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1436 ވަނަ އަހަރުގެ ފިތުރު ޒަކާތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިއަދު ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 10:30 އިން ފެށިގެން އެމިނިސްޓްރީއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށާއި ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނެ ކަމަށެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 75ރ. އަދި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 50ރ. އެވެ. އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ބޮލަކަށް 12ރ. އެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުން ޒަކާތް ދައްކަން ޖެހޭނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ޒަކާތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބަލައިގަންނައިރު ވިލިމާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އެ އަވަށުގެ އަވަށު އޮފީހަށެވެ. ރަށްރަށުގައި ނަމަ ދައްކަން ޖެހެނީ އެ ރަށެއްގެ ކައުންސިލަށެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކުންނެވެ.

ކުރީ އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. ބީއެމްއެލް އާއި އިސްލާމިކް ބޭންކް ވެބްސައިޓް އަދި އެސްއެމްއެސްއަކުން ދިރާގު މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.