ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުސް " ހެޔޮމަރާއި ނުބައި މަރު " މިއަދު ހަވީރު އޮންނާނެ ކަމަށް ޢަދާލަތު ޕާޓީން ހާމަ ކޮށްފިއެވެ.
ޢަދާލަތު ޕާޓީން ވިދާޅުވީ މި ދަރުސް ދެއްވާނީ އަލްއުސްތާޒު ފާޠިމަތު ސާމިރާ ކަމަށެވެ.
މި ދަރުސް އޮންނާނީ މިއަދު ހަވީރު ޢަޞުރު ނަމާދަށްފަހު 1630 ގައި ޢަދާލަތު ފެންޑާ، ހ. ފުލިދޫގޭ 3 ވަނަ ފަންގިފިލާގައެވެ.
އެހެން ކަމުން ވީހާވެސް ގިނަ އަންހެން ބޭފުޅުން މި ދަރުސަށް ވަޑައިގަތުމަށް ޢަދާލަތު ޕާޓީން ވަނީ ދަޢުވަތު އަރުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...