މޯލްޑިވްސް އިސްލާމިކް ބޭންކުން އިންޓަރނެޓް ބެންކިންގ ޚިދުމަތް ތަޢާރަފު ކޮށްފި އެވެ.
މި ޚިދުމަތް ތަޢާރަފު ކޮށްދެއްވީ މިކަމަށް ޓަކައި ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.
2011 ވަނަ އަހަރުގެ މާޗްމަހު ޚިދުމަތް ދޭންފެށި މޯލްޑިވްސް އިސްލާމިކް ބޭންކުން އަލަސް ތަޢާރަފު ކުރި އިންޓަރނެޓް ބެންކިންގގެ ޚިދުމަތް ދެ ޕެކޭޖަކުން ލިބެއެވެ.
އެއީ ބޭސިކް ޕެކޭޖާއި އާއި ޕްރިމިއަމް ޕެކޭޖެވެ.
މީގެތެރެއިން ބޭސިކް ޕެކޭޖް ހުރިހާ ކަސްޓަމަރުންނަށް ވެސް ހިލޭ ލިބެ އެވެ. މި ހިދުމަތް މެދުވެރިކޮށް ބެލެންސް ބެލުމާއި، އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ޓްރާންސްފާ ކުުރުމާއި، އަދި ޗެކްފޮތަށް އެދުން ފަދަ ހިދުމަތްތައް ލިބި އެވެ.
ފައިސާ ނެޓްގެ ސެކިއުރިޓީ ރަނގަޅު ކުރުމުގެ ގޮތުން 'ޓޫ ސްޓެޕް ވެރިފިކޭޝަން' ބޭނުން ކުރާނެ ކަމަށް އިސްލާމިކް ބޭންކުގެ ހެޑް އޮފް ޓެކްނޮލަޖީސް އަހުމަދު ރިޒާ ވިދާޅުވި އެވެ.
ފައިސާ ނެޓްގެ އެޕްލިކޭޝަނެއް ވެސް މިހާރު އެޕަލް ސްޓޯރާއި ގޫގުލް ޕްލޭ އިން މިހާރު ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
އޮންލައިން ބޭންކިން އިތުރަށް ފުޅާކޮށް އެ ހިދުމަތުގެ ތެރެއިން ބިލްތައް ދެއްކުމާއި ޒަކާތް ދެއްކޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރައްވާނެ ކަމަށްވެސް އެމްއައިބީން މިއަދު ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...