ރާއްޖޭގެ ޚަބަރު ޢަދާލަތުގެ ރައީސް ސަލަފްގެ ރައީސަށް ރައްދު ދީފި

ޢަދާލަތުގެ ރައީސް ސަލަފްގެ ރައީސަށް ރައްދު ދީފި

ޢަދާލަތުގެ ރައީސް ސަލަފްގެ ރައީސަށް ރައްދު ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ހިމެނި ވަޑައިގަންނަވާ ޖަމިއްޔަތުއް ސަލަފުން ސިޔާސީ މައިދާނުގައި ހަރަކާތްތެރި ނުވަނީ ސިޔާސީ ވާން ބޭނުން ނުވާތީ ކަމަށާއި، ޢަދާލަތު ޕާޓީ އަކީ ދީނީ ޢިލްމުވެރިންނާއި އެކު ނުކުތް ސިޔާސީ ޕާޓީ އެއް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.

ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޢަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގައި އިސްލާމް ދީނަށް ބޮޑެތި ޚިދުމަތްތަކުން ކުރައްވަމުން ގެންދަވާ ޖަމިއްޔާ އެއް ކަމަށެވެ.

އެހެން ނަމަވެސް ޤައުމުގައި ހުރި ބޮޑެތި ގިނަ މައްސަލަ ތަކާއި ގުޅޭގޮތުން ޢަދާލަތުން ސަލަފާއި އެކު ކުރި މަޝްވަރާ ތަކުގައި އެބޭފުޅުންގެ ރައުޔު ޢާއްމު ކުރައްވަން ފަސްޖެހި ވަޑައިގެންފައި ވާކަމަށާއި، އެކަން އެގޮތަށް ކުރައްވަނީ ސިޔާސީ ލޭބަލް އެ ޖަމިއްޔާގައި އަޅުވާފާނެތީ ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

އެހެން ނަމަވެސް ޢަދާލަތު ޕާޓީން ނިންމާ ސިޔާސީ ނިންމުން ތަކަށް ފާޑު ވިދާޅުވާން ބޭނުންފުޅުވާ ނަމަ ފިއްލަވައިގެން ތިއްބަވައިގެން އެކަން ނުކުރައްވާ ސިޔާސީ ޕްލެޓްފޯމަށް އަރާވަޑައިގެން ފާޑުވިދާޅުވުމަށް ޝެއިޚް އިމްރާން ވަނީ ގޮވާލައްވާފައެވެ.

އިމްރާން ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީއަކީ ސިޔާސީ ޕާޓީއެއް ކަމަށާއި، ސިޔާސީ މައިދާނުގައި ފައި ހަމަ ކުރަން ޖެހުނު ކޮންމެ ބަޔަކާއި ފައި ހަމަ ކުރައްވާނެ ކަމަށެވެ.

މިފަދަ ގޮތަކަށް ޝެއިޚް ޢިމްރާން ޖަމިއްޔަތުއް ސަލަފަށް ފާޑު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަނުން ވަކިވުމަށް ޢަދާލަތު ޕާޓީން ނިންމި ނިންމުމަކީ ހަރުދަނާ ކަމެއްނެތް ނިންމުމެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.