ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ކްރިމިނަލް ކޯޓަށް ހާޒިރުކުރައްވައި ހެކިބަސް ހޯއްދެވުމަކީ އެ މަގާމަށް ލިބޭ ނިކަމެތި ކަމެއް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
ކުރީގެ ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަގާމުގެ އިއްޒަތާ ގަދަރަށް އުނިކަން އަންނަ ގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ކަން ކުރެއްވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ދައުލަތުގެ އަސްކަރިއްޔާގެ އެންމެ ގަދަރުވެރި އެއް މަގާމަށް ކުޑައިމީސްކަމެއް ލިބޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް ބާރަކުން ކުރެއްވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށާއި، ބުރާސްފަތި ދުވަހުގެ ރޭގެ އަޑުއެހުމުގައި އެހެން އެކަން ވެގެން ދިއުމަކީ ރައީސް ނަޝީދު ނުހަނު ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...