ރާއްޖޭގެ ޚަބަރު މި ސަރުކާރު މަގުމަތިން ފުރޮޅާ ނުލެވޭނެ: އިސްލާމިކް މިނިސްޓަރު

މި ސަރުކާރު މަގުމަތިން ފުރޮޅާ ނުލެވޭނެ: އިސްލާމިކް މިނިސްޓަރު

މި ސަރުކާރު މަގުމަތިން ފުރޮޅާ ނުލެވޭނެ: އިސްލާމިކް މިނިސްޓަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ސަރުކާރަކީ މަގުމަތިން ފުރޮޅާ ލެވޭނެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ގުޅިގެން މާލޭގައި ބޮޑު މުޒާހަރާއެއް ކޮށްފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

އެހެން ކަމުން ﷲގެ އިރާދަފުޅުން މި ސަރުކާރު މަގުމަތިން ފުރޮޅާ ނުލެވޭނެ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ޤައުމުގެ ސުލްޙަވެރި ކަމަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ސުލްޙަވެރި ރައްޔިތުންގެ އަޑު އަހާނެ ކަމަށާއި، ސަރުކާރުން ޤައުމާއި ރައްޔިތުންނަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. މީގެ އިތުރުން މި ސަރުކާރަކީ ޒިންމާދާރުވާނެ ސަރުކާރެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.