ރާއްޖޭގެ ޚަބަރު އިދިކޮޅު މުޒާހަރާގައި ޕީޕީއެމްގެ މަޖިލިސް މެންބަރަކު ބައިވެރި ވެއްޖެ

އިދިކޮޅު މުޒާހަރާގައި ޕީޕީއެމްގެ މަޖިލިސް މެންބަރަކު ބައިވެރި ވެއްޖެ

އިދިކޮޅު މުޒާހަރާގައި ޕީޕީއެމްގެ މަޖިލިސް މެންބަރަކު ބައިވެރި ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިދިކޮޅު މުޒާހަރާގައި ޕީޕީއެމްގެ މަޖިލިސް މެންބަރަކު ބައިވެރި ވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ގުޅިގެން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ބޭއްވި މި އެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޕީޕީއެމްގެ މަޖިލިސް މެންބަރަކީ ނޮޅިވަރަމް ދާއިރާގެ ހުސައިން އަރީފެވެ.

އިއްޔެގެ މުޒާހަރާގައި އަރީފު ހުންނެވީ ފުލުހުންގެ ހައްޔަރުގައި ހުރި މަޖިލިސް މެންބަރު އަލީ އާޒިމްގެ ފޮޓޯ އެއް ހިއްޕަވައިގެންނެވެ.

މިކަން ފާހަގަ ކުރައްވާ ޕީޕީއެމްގެ ކުރީގެ ތަރުޖަމާން އަހުމަދު މަޚްލޫފުވެސް ވަނީ އަރީފް މުޒާހަރާގައި ބައިވެރިވާ ފޮޓޯތައް ސޯޝަލް މީޑިޔާގައި ޝެއަރ ކުރައްވާފައެވެ.

ނޮޅިވަރަމް ދާއިރާގެ ހުސައިން އަރީފަކީ ޖުމްހޫޜީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވުމަށްފަހު ޕީޕީއެމަށް ސޮއިކުރައްވާފައި ހުންނެވި މެންބަރެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.