ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަދަ އެތައް ބޭފުޅުންނަކަށް ކުރިޔަށް އޮތް ދުވަސް ތަކުގައި ޖަލަށް ވަންނަން ޖެހިދާނެ ކަމުގެ އިންޒާރު ޢަދާލަތު ޕާޓީން ދީފިއެވެ.
ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަދަ އެތައް ބޭފުޅުންނެއް ޖަލުގެ ގޮޅިތަކުގައި ތިބެން ޖެހުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ޖަލުގެ ގޮޅިތަކަށް ދާންޖެހޭނެ ބައެއްގެ ތަފްޞީލު ޢިމްރާން ހާމަކުރައްވާފައެއް ނުވެއެވެ.
Kuriyah mi oiy dhuvasthakugai NAAZIM fadha ethah bayaku jaluge golhithakugai thiben jehumakee v gaathugai vaakameh. #JusticeForNazim
— Imran (@ShImranAb) February 13, 2015
ޢިމްރާނު މިހެން ވިދާޅުވެފައި ވާއިރު، ސިޔާސީ އެތައް ބޭފުޅުންނެއް ގެންދަވަނީ އެބޭފުޅުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އެޅުވުމަށް ފަހު ހައްޔަރު ކުރަން އުޅޭކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.
އެގޮތުން ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރައްވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ހައްޔަރު ކޮށްފިނަމަ އިންޑިޔާއިން އޭނާ ޙިމާޔަތް ކޮށްދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފިއެވެ.
މީގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ ކާރުކޮޅަށް ނުވަތަ ގެކޮޅަށް ޑްރަގު ލުމަށްފަހު އެފަދަ ތުހުމަތު ތަކެއްކޮށް ރިޔާޒު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރަމުން ގެންދާތީ ރިޔާޒު ވަނީ އެ މައްސަލަ ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރުގެ ސަމާލު ކަމަށް ވެސް ގެންނަވާފައެވ.
ކޮމެންޓް (0)
ލޯޑް ކުރަމުން...