ރާއްޖޭގެ ޚަބަރު 07 ފެބުރުއަރީގައި ހޮވި ފޮއްޓެއްގެ ވެރިއަކު ހޯދަނީ

07 ފެބުރުއަރީގައި ހޮވި ފޮއްޓެއްގެ ވެރިއަކު ހޯދަނީ

07 ފެބުރުއަރީގައި ހޮވި ފޮއްޓެއްގެ ވެރިއަކު ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި ހިނގާ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހު މީހަކު ހޮވައިގެން ގެނެސްފައިވާ ފޮށްޓެއްގެ ވެރިޔަކު ހޯދުމަށް ފުލުސް އޮފީހުން ޢާއްމުކޮށް އިޢުލާނު ކޮށްފިއެވެ.

ފުލުސް އޮފީހުން ވިދާޅުވީ، 2015 ފެބްރުއަރީ 07 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މި ފޮށި ހޮވާފައި ވަނީ މާވެޔޮމަގުން ކަމަށާއި، ހޮވައިގެން ގެނެސްފައިވާ މި ފޮށީގައި ހުރީ ފިހާރައަކަށް ގެނެސްފައިހުރި މުދާތަކެއް ކަމަށް ބެލެވޭ އަންނައުނު ތަކެއް ކަމަށެވެ.

އެހެން ކަމުން އެ ދުވަހު އެފަދަ ތަކެތި ހިމެނޭ ފޮއްޓެއް ގެއްލިފައިވާ ފަރާތެއް ވާނަމަ ފޮށީގެ މަޢުލޫމާތު 9981339 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށްފަހު ފޮށްޓާ ޙަވާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.