މުސްލިމުންގެ ގުޅުމާއި ޕީސް ފައުންޑޭޝަން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމުގެ "ތިމަންކަލޭގެފާނަށް ތަބާވާށޭ" މިމަޢުލޫއަށް ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މިއަންނަ ހުކުރު ދުވަހުގެ ރޭ ވިލިމާލޭ ފުޓް ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަނުން އިން ހާމަކުރައްވައިފިއެވެ.
ޕީސް ފައުންޑޭޝަންގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ނަޞްރު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ކުރިއަށްދަނީ މިދަރުސް އިސްތިހާރު ކުރުމުގެ މަސައްކަތްކަމަށާއި، އެގޮތުން މާލެ އާއި ވިލިމާލޭގައިވެސް ދަރުސްގެ އިސްތިހާރުގެ ބެނަރ ތައް ހަރުކުރަމުންދާކަމަށެވެ. އަދި މިދަރުސް ރޭޑިއޯ އެޓޯލް 96 ފެމްއިން އިން ލައިވުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ނަޞްރު އިތުރަށް ވިދާޅުވީ މިމަހު 18 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސްގައި، މީގެ ކުރިން ޕީސް ފައުންޑޭޝަން އިން ބާއްވާފައިވާ ދެދަރުސެއްގެ ވީޑިއޯ ސިޑީ ރިލީސްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. މިދަރުސް އިންތިޒާމު ކުރުމުގައި ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ދެއްވުމަށް ޕީސް ފައުންޑޭޝަނުން އެދިލައްވައެވެ.
މިދިޔަ އހަރު ފަހު ކޮޅު ޕީސް ފައުންޑޭޝަނުން ވަނީ ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން ވިލި މާލޭގައި "ދުލުގެ އާފާތް" މިމަޢުލޫއަށް ޝައިޚް އާދަމް ޝަމީމުގެ ދަރުސެއްބާއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...