ރާއްޖޭގެ ޚަބަރު ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސް ކޮށްފި

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސް ކޮށްފި

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސް ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިގޮތަށް އިލްތިމާސް ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ހައްޔަރު ކުރި މައްސަލަ އާއި ގުޅޭގޮތުން ނާޒިމްގެ ގާނޫނީ ޓީމުން މީޑިއާ މެދުވެރިކޮށް މައުލޫމާތު ދީފައިވަނީ ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށް ބުނެ ރޭ ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭ ތަހުގީގު ނިމިފައި ވާކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށް ބުނެ އޭނާގެ ގާނޫނީ ޓީމުން މީޑިއާގައި ހާމަކޮށްފައިވަނީ ހަގީގަތާއިި ހިިލާފު ދޮގުވާހަކައެއް ކަމަށެވެ.

ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅޭ ތަހުގީގާއި ފޮރެންސިކް ޕްރޮސެސްވެސް އަދި ނުނިމޭ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވާއިރު، ނާޒިމުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ ނާޒިމް ހައްޔަރު ކުރުމުގެ އޮޕަރޭޝަން ފުލުހުން ހިންގި ގަޑީގެ ގޮތުން ވެސް ފުލުހުންގެ މައްޗަށް ޝައްކުކުރެވޭ ކަންތައް ތަކެއް ހުރި ކަމަށެވެ. އެގޮތުން ފުލުހުން މި އޮޕަރޭޝަން ހިންގީ މީހުން ހަމަހޭގައި ނެތް ވަގުތު ކަމަށާއި، ފުލުހުން ހިންގާ އެހެން އޮޕަރޭޝަން ތަކާއި ޚިލާފަށް މި އޮޕަރޭޝަން ފުލުހުން ވީޑިއޯ ކޮށްފައިވެސް ނުވާކަމަށެވެ. މީގެ އިތުރުން މި އޮޕަރޭޝަން ހިންގި ވަގުތު ފޮރެންސިކް އެވިޑެންސް ވެސް ފުލުހުން ހޯދާފައި ނުވާއިރު، ނާޒިމް ކޮޓަރިން ހަތިޔާރު ފެނުނު ކަމަށް ބުނާ ތަނުން ފިންގަޕްރިންޓް ނަގާފައި ނުވާކަމަށާއި، އޮޕަރޭޝަނާއި ގުޅޭ ބައެއް ލިޔެކިޔުންތައް ވެސް ފުރިހަމަ ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ގޮވާތަކެއްޗާއި ހަތިޔާރު ހުރި ތަަނަކަށް ފުލުހުންގެ އެންމެ ވަރުގަދަ ފޯސް ފޮނުވާއިރު ފުލުހުން އެކަނި ނުދާނެ ކަމަށާއި އެފަދަ ކަންކަމާއި ކުރިމަތިލާން އެކަށޭނަ ހަތިޔާރުވެސް ފުލުހުންގެ އަތުގައި ނުހުންނާނެ ކަމަށް ފުލުހުންގެ ޚިދުމަތުގައި އެތައް އަހަރެއް ހޭދަކުރެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެހެން ކަމުން މި އޮޕަރޭޝަނަކީ ނާޒިމް ފްރޭމް ކުރަން ހިންގި ކަމެއް ކަމަށާއި، މި އޮޕަރޭޝަނާއި ގުޅޭ އިތުރު އެތައް މައުލުމާތެއްވެސް އެ ޓީމަށް ލިބިފައި ވާކަމަށް ކުރީގެ ސީޕީ ވިދާޅުވިއެވެ. އެހެން ކަމުން ކުރިޔަށް އޮތް ތަނުގައި ތަޙުޤީޤު ކުރިޔަށް ދާގޮތަކަށް ބަލައި ކޮންމެހެން ހާމަކުރަން ޖެހޭ މަޢުލޫމާތުތައް ހާމަކުރަމުން ގެންދާޏެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ރޭ ނެރުއްވި ބަޔާނުގައި އިތުރަށް ވިދާޅުވީ، ނާޒިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުން ބަރީއަަވުމަށް ދައްކާ ވާހަކަތަކެއްގެ މައްޗަށް ހަމައެކަނި ބަރޯސާވެ، ނާޒިމް ދިރިއުޅުއްވާ ތަނަށް ފުލުހުން އެއްޗެއް ވެއްދި ކަމަށް ބުނެ، ފުލުހުން އެތަނުގައި އަމަލުކޮށްފައިވާ ގޮތް ފެނިފައިނުވާާ ބައެއް ފަރާތްތަކުން އެކަންކުރީ ފުލުހުން ކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކަމުން ދާތީ ފުއެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓެވުމަށާއި، ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކެވުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.