ރާއްޖޭގެ ޚަބަރު ގާނޫނާ ހިލާފަށް އެއްވުމުގެ ފުރުޞަތު ނުދޭނެކަމުގެ އިންޒާރު ފުލުހުން ދީފި

ގާނޫނާ ހިލާފަށް އެއްވުމުގެ ފުރުޞަތު ނުދޭނެކަމުގެ އިންޒާރު ފުލުހުން ދީފި

ގާނޫނާ ހިލާފަށް އެއްވުމުގެ ފުރުޞަތު ނުދޭނެކަމުގެ އިންޒާރު ފުލުހުން ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގާނޫނާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި ގާނޫނާ ހިލާފް އަމަލުތައް ހިންގުމުގެ ފުރުސަތު ފުލުހުންގެ އިދާރާ އިން ނުދޭނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުސް އޮފީހުން ވިދާޅުވީ އެއްވުން މަނާ ސަރަހައްދުތަކަށް އެއްވާ އެއްވުންތައް އިތުރު އިންޒާރަކާ ނުލައި ވަގުތުން ރުޅާލާނެ ކަމަށެވެ. އަދި އެއްވުން މަނާ ސަރަހައްދަކަށް އެއްވުމަށް ގޮވާލައި ހިތްވަރު ދެމުންދާނަމަ ނުވަތަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

ފުލުސް އޮފީހުން ވިދާޅުވީ މާލޭގެ އެހެން ސަރަޙައްދު ތަކުގައިވެސް އެއްވުން ބާއްވާއިރު، މާލޭގެ މަގުތަކުގައި ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ރައްޔަތުންގެ އާއްމު ދިރިއުޅުމަށް ދަތިވާފަދަ އެއްވެސް ގޮތަކަށް ޢަމަލުތައް ނުބެހެއްޓުމަށް އިލްތިމާސް ކުރާކަމަށެވެ.

މީގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ބޭއްވޭ ސުލުހަވެރި މުޒާހަރާތަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލާމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ފުލުހުން މިފަދަ އިންޒާރެއް ދީފައި މިވަނީ ޤާނޫނު އަސާސީ ޙިމާޔަތް ކުރުމަށް އިދިކޮޅު އެމްޑީޕީން ސީދާ ޙަރަކާތަށް ނުކުމެފައިވާ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ އިދިކޮޅޫ އެމްޑީޕީ އާއި ގުޅިގެން މި މަސައްކަތުގައި ޙަރަކާތްތެރި ވާނެކަން ޢާއްމުކޮށް އިޢުލާނު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.