ރާއްޖޭގެ ޚަބަރު ނާޒިމަށް ސަރުކާރުން އަނިޔާވެރި ވަމުންދާކަން ޕީޕީއެމްގެ ވަރަށް އިސް ބޭފުޅުންވެސް ދެނެލައްވާ

ނާޒިމަށް ސަރުކާރުން އަނިޔާވެރި ވަމުންދާކަން ޕީޕީއެމްގެ ވަރަށް އިސް ބޭފުޅުންވެސް ދެނެލައްވާ

ނާޒިމަށް ސަރުކާރުން އަނިޔާވެރި ވަމުންދާކަން ޕީޕީއެމްގެ ވަރަށް އިސް ބޭފުޅުންވެސް ދެނެލައްވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމަށް ސަރުކާރުން އަނިޔާވެރިވަމުން ގެންދާ ކަމަށާއި، އެކަން ދެނެތިއްބެވި ޕީޕީއެމްގެ ވަރަށް އިސް ބޭފުޅުންވެސް އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.

ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމުގެ މައްޗަށް އަނިޔާވެރި ތުހުމަތު ތަކެއް އުފުލާފައި ވާކަން ދަންނަ ޕީޕީއެމްގެ ވަރަށް އިސް ބޭފުޅުންވެސް ތިއްބެވި ކަމަށެވެ.

އަދި މިކަމަކީ އެބޭފުޅުންވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެފައި ވެއެވެ.

ޢަދާލަތު ޕާޓީގެ ރައީސް މިފަދަ ޓްވީޓެއް ކުރެއްވި ނަމަވެސް ނާޒިމާއި މެދު އަނިޔާވެރި ވަމުންދާކަމަށް ޕީޕީއެމްގެ އެއްވެސް ބޭފުޅަކު ފާޅުގައި ވިދާޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާއި ސަރުކާރު ކޯލިޝަނުގައި ނުހިމެނޭ އެހެނަސް ސަރުކާރާއި ގާތްގުޅުންތަކެއް އޮންނަ ޢަދާލަތު ޕާޓީގެ އިސްބޭފުޅުން ވަނީ ނާޒިމުގެ މައްޗަށް އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރުގެ އިސްފަރާތްތަކަށް ގޮވާލާފައެވެ.

މީގެ ތެރެއިން އެމްޑީޕީ ފިޔަވާ އެހެން ޕާޓީ ތަކުން މިހާރު ވަނީ ނާޒިމްގެ ދިފާޢީ ވަކީލުންގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.