ރާއްޖޭގެ ޚަބަރު ވެރިކަން ހޯއްދަވަން ނާޒިމް މީހަކު ނުމަރާނެ: ޢަދާލަތު

ވެރިކަން ހޯއްދަވަން ނާޒިމް މީހަކު ނުމަރާނެ: ޢަދާލަތު

ވެރިކަން ހޯއްދަވަން ނާޒިމް މީހަކު ނުމަރާނެ: ޢަދާލަތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވެރިކަން ހޯއްދެވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް މީހަކު ނުމަރާނެ ކަމަށާއި، އެކަން ޔަޤީންކުރައްވާ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމަށް ތަޢުރީފު ކުރައްވަމުން ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ނާޒިމަކީ މިހާރު އަނިޔާ ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އަނިޔާ ލިބޭ މީހުންގެ ދުޢާ އާއި ކީރިތި ﷲ އާއި ދެމެދު އެއްވެސް ހުރަހެއް ނުވާ ކަމަށެވެ.

ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ ނާޒިމަކީ އަނިޔާ ލިބެމުންދާ މީހަކަށް ވާއިރު ޢަދާލަތު ޕާޓީން އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅުހަދާނެ ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ޢިމްރާން ވިދާޅުވެފައި ވަނީ ވެރިކަން ހޯއްދެވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް އެއްވެސް މީހަކު ނުމަރާނެ ކަމަށް ހިތުގެ އަޑިން ކަށަވަރު ކަމާއި އެކު ޔަޤީން ކުރާ ކަމަށެވެ.

ޢަދާލަތު ޕާޓީން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަށް އަނިޔާވެރިވަމުން ދާކަމަށް ހާމަކޮށްފައި ވަނީ ރޭ މެންދަމު ކުއްލި ގޮތަކަށް އަނެއްކާވެސް ނާޒިމް ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ ނާޒިމް ހައްޔަރު ކޮށްގެން ގެންދިޔުމާއި ގުޅިގެންނެވެ.

ފުލުހުން ރޭ ނާޒިމް ހައްޔަރު ކޮށްފައި ވާއިރު، ނާޒިމްގެ މައްޗަށް މީގެ ކުރިން ފުލުހުން ތުހުމަތު ކުރި ނުރައްކާތެރި ޓެރަރިޒަމްގެ މައްސަލައެއް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަޙުޤީޤު ކޮށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ. އެހެނަސް އޭރުވެސް ފުލުހުން ނާޒިމް ހައްޔަރު ކޮށްފައި ނުވާތީ ފުލުހުންގެ ތުހުމަތާއި މެދު ގިނަބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.