އަޑިޔަށް ގޮސްފައިވާ މަސް ބޯޓެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ބޯޓު އޮޔާދަނީ ކ.ކާށިދޫގެ ހުޅަނގު ދެކުނުން 12 ނޯޓިކަލް މޭލުބޭރުން ކަމަށެވެ.
އަދި މި ބޯޓު އަޑިޔަށް ގޮސްފައި ވީނަމަވެސް، ފެނުން މައްޗަށް ފަސް ވަރަކަށް ފޫޓް ހިއްލިފައިވާ ކަމަށާއި، އެއްވެސް އަލިކަމެއްނެތިމި ބޯޓު އޮޔާދާތީ، މިސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.
މީގެ އިތުރުން މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...