ރާއްޖޭގެ ޚަބަރު އެމްޑީޕީ އާއި ޖޭޕީން މިމަހުގެ 27 ވާ ހުކުރު ދުވަހު އިހުތިޖާޖު ކުރަން ފަށަނީ

އެމްޑީޕީ އާއި ޖޭޕީން މިމަހުގެ 27 ވާ ހުކުރު ދުވަހު އިހުތިޖާޖު ކުރަން ފަށަނީ

އެމްޑީޕީ އާއި ޖޭޕީން މިމަހުގެ 27 ވާ ހުކުރު ދުވަހު އިހުތިޖާޖު ކުރަން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީ އާއި ޖޭޕީން މިމަހުގެ 27 ވާ ހުކުރު ދުވަހު އިހުތިޖާޖު ކުރަން ފަށަން ނިންމާފައި ވާކަމަށް އެފަރާތްތަކުން ހާމަކޮށްފިއެވެ.

އިދިކޮޅު ދެ ޕާޓީ ގުޅިގެން ރޭ ބޭއްވި މަޝްވަރާ ތަކަށްފަހު މީޑިޔާ އަށް މަޢުލޫމާތު ދެއްވަމުން އެފަރާތްތަކުން ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާލޭގައި ބޮޑެތި އިހުތިޖާޖު ތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 27 ވަނަދުވަހު ފަށާ އިހުތިޖާޖު ތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މާލެއައިސް އިހުތިޖާޖުގައި ބައިވެރިވާނެ ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.

އެމްޑީޕީ އާއި ޖޭޕީން މިމަހުގެ 27 ވާ ހުކުރު ދުވަހު އިހުތިޖާޖު ކުރަން ނިންމީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށާއި، މި އިހުތިޖާޖުތައް ކުރިޔަށް ގެންދާނީ " ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން " މި ނަމުގައި ކަމަށްވެސް އެފަރާތްތަކުން ހާމަކުރައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.