އިއްތިޙާދަކުން ވެރިކަމަށް އައުމަށްފަހު އިއްތިޙާދު ރޫޅިއްޖެނަމަ ވެރިކަމުގެ ސައްޙަކަމެއްނެތް ކަމަށް މިހާރުގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު ވިދާޅުވާ ވީޑިޔޯއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމްގެ މަސްލަޙަތު އޮންނަ ވީމީޑިޔާއިން ޢާއްމު ކޮށްފިއެވެ.
އެހެން ނަމަވެސް ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމަށް ޢިޝާރާތް ކުރައްވައި، 28 މެއި 2010 ގައި ވީޓީވީ އަށް ދެއްވާފައިވާ އިންޓަރވިއު އެއްގައި ކަމަށް ވީމީޑިޔާއިން ވަނީ ބުނެފައެވެ.
މި އިންޓަވިޔުގައި މަޝްހޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ޖަސްޓިސް މިނިސްޓަރުގެ އިތުރުން މިހާރުގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އިތުރަށް ވިދާޅުވެފައި ވަނީ އިއްތިހާދުގެ ބައިވެރިން ސަރުކާރުގެ ތެރެއިން ދުރުކޮށް، އަމިއްލަ ވެރިކަމަކަށް އެ ވެރިކަން ބަދަލުކުރާ ހިސާބުން ވެރިކަމުގެ ޤާނޫނީ އަދި އަޚްލާޤީ ހުއްޖަތުވެސް ނެތިގެންދާނެ ކަމަށެވެ.
އެހެން ނަމަވެސް އޭރު އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު މިހާރުގެ ޙަލަތާއި ވެސް ދިމާވާ ކަމަށާއި، އެހެން ކަމުން ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް އިއްތިހާދުވެ އެންމެ ބުރަ މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ ކޯލިޝަނުން ބޭރުކޮށް ކޯލިޝަން ރޫޅާލުމުން ވެރިކަމުގެ ސައްޙަކަން ގެއްލޭނެ ކަމަށް ޤާޞިމާއި ޙަވާލާދީ ވީމީޑިޔާއިން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...