ރާއްޖޭގެ ޚަބަރު ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުނުކުރާ މައްސަަލަ ޕީއައިސީއަށް ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުނުކުރާ މައްސަަލަ ޕީއައިސީއަށް ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުނުކުރާ މައްސަަލަ ޕީއައިސީއަށް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުނުކުރާ މައްސަަލަ ޕީއައިސީއަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން މި މައްސަލަ ޕީއައިސީ އަށް ހުށަހަޅާފައި ވަނީ ހަތިޔާރު އެތެރެ ކުރުމާއި އެ އުފެއްދުމާއި ގުޅުންހުރި ޓެރަރިޒަމްގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު ނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުނުކޮށް ދޫކޮށްލާފައި ހުންނާތީ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.

މައްސަަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)އަށް ހުށަހަޅާފައި ވަނީ ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތުގައި 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފުލުހުންގެ ހައްޔަރުގައި ހުރި މާލެ ދަފްތަރު، ހަސަން ނަސީމްގެ އާއިލާ އިންނެވެ.

ޕީއައިސީއަށް މިދިޔަ ހަފްތާގައި ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހަސަންގެ ގޭގެ ތިޖޫރީގައި އޮތް ބަޑިއެއް ފެނިގެން ކަމަށް ބުނެ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ހައްޔަރުކޮށްފައި ހުންނައިރު ނާޒިމް ހައްޔަރުނުކޮށް ދޫކޮށްލާފައި ހުރުމަކީ ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހަސަންގެ މައްސަަލައަށް ވުރެ ނާޒިމްގެ މައްސަަލަ މާސާފު ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ބަހައްޓާއިރު، ނާޒިމް ދޫކޮށްލާފައި ހުރުމަކީ ހަމަހަމަ އުސޫލުން އަމަލުކުރުމާ ހިލާފަށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށްވެސް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

ޓެރަރިޒަމްގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވުނު ނަމަވެސް ނާޒިމް ހައްޔަރު ކޮށްފައި ނުވަނީ އޭނާގެ ޕްރޮފައިލަށް ބެލުމަށްފަހު ހައްޔަރު ކުރަން ފުލުހުންނަށް ނުފެނުމުން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިހާ ނާޒުކު މައްސަލައަކާއި ގުޅިގެންވެސް ނާޒިމް ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރުމުން ފުލުހުންނަށް ފެނުނު ކަމަށް ބުނާ ހަތިޔާރާއި މެދު ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާތަކުގައި ސުވާލު އުފައްދަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.