މުސްލިމު ޝަޚުޞިއްޔަތުގެ ނަމުގައި ޚާއްޞަ ދަރުސެއް މިރޭ ވިލިމާލޭގައި އޮންނާނެ ކަމަށް ޕީސްފައުންޑޭޝަނުން ހާމަކޮށްފިއެވެ.
ޕީސް ފައުންޑޭޝަނުން ވިދާޅުވީ، ޝަޚުޞިއްޔަތުލް އިސްލާމް ނުވަތަ މުސްލިމު ޝަޚުޞިއްޔަތުގެ ނަމުގައި މިރޭބާއްވާ ޚާއްޞަ ދަރުސް ދެއްވާނީ އައްޝައިޚް އަހުމަދު ސަމީރު ބިން އިބުރާހީމް ކަމަށެވެ.
މި ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 2045 ގައި ވިލިމާލޭ ބޯޅަދަނޑުގައެވެ.
އެހެން ކަމުން މި ދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބަޔަކު މިރޭ ވިލިމާލޭ ބޯޅަދަނޑަށް ވަޑައިގަތުމަށް ޕީސް ފައުންޑޭޝަނުން ދަޢުވަތު އަރުވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...