ރާއްޖޭގެ ޚަބަރު މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑު ކުރަނީ

މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑު ކުރަނީ

މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑު ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާ ވަރަށް ޓީޗަރުންގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުން އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީއާ ޓީޗާސް އެސޯސިއޭޝަނުން މިދިޔަ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިއަދުގެ ވަގުތެއްގައި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ފައިނަލް ކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދިރާސީ އާ އަހަރާއެކު ޓީޗަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ނުވާ މިންވަރަކަށް ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.