ރާއްޖޭގެ ޚަބަރު ޕީޕީއެމްގެ ތަރުޖަމާނަކަށް ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ހަމަޖައްސައިފި

ޕީޕީއެމްގެ ތަރުޖަމާނަކަށް ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ހަމަޖައްސައިފި

ޕީޕީއެމްގެ ތަރުޖަމާނަކަށް ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވެރިކަން ކުރަމުންދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތަރުޖަމާނަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނަކަށް އަލީ އާރިފު އައްޔަން ކޮށްފައި ވަނީ ރޭ ބޭއްވި ޕީޕީއެމް ކައުންސިލުގެ ބައްދަލުވުމުން އެގޮތަށް ނިންމުމުންނެވެ.

މިކަން ކަށަވަރު ކޮށްދެމުން ޕީޕީއެމުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ތަރުޖަމާނުގެ މަޤާމަށް އަލީ އާރިފު ހަމަޖައްސާފައި ވާކަމަށެވެ.

މީގެ އިތުރުން އާރިފް އެ މަޤާމަށް އައްޔަނު ކުރުމާއި އެކު ޕީޕީއެމްގެ ރައީސް މައުމޫންވެސް ވަނީ އާރިފަށް މަރުޙަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އާރިފް އެމަގާމަށް ހަމަޖެއްސެވީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިގެންނެވެ.

ޕީޕީއެމްގެ ތަރުޖަމާނަކަށް އެންމެ ފަހުން ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ޕީޕީއެމްގެ ތަރުޖަމާނު ކަމުން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އެވެ.

ތަރުޖަމާނު ކަމުން އިސްތިއުފާ ދެއްވި ފަހުން ޕާޓީގެ ޙަރަކާތްތަކުންވެސް މަޚްލޫފު ފެންނަލެއް މަދުކަން އެ ޕާޓީގެ މެންބަރުންވެސް ފާހަގަ ކުރާއިރު، މަޖިލީހުގެ ރައީސަކު ހޮވުމުގެ މައްސަލާގައި ޤާޞިމަށް ތާއީދުކުރައްވައި އޭނާ ވާހަކަ ދެއްކެވުމުން މަޚުލޫފާއި ޖުމްހޫރީ ޕާޓީ އާއި ގުޅުވައިގެން ބައެއް އަޑުތައްވެސް އަރާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.