ވިޔަފާރި ޕެޓްރޯލްއާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ޕެޓްރޯލްއާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ޕެޓްރޯލްއާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެސްޓީއޯއިން ވިއްކަމުންދާ ޕެޓްރޯލްއާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިންވަނީ ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އަދި ޑީސަލް ލީޓަރަކުން 75 ލާރި ހެޔޮކޮށްފައެވެ.

އެސްޓީއޯއިން އިއްޔެ ތެލުގެ އަގު ހެޔޮކޮށްފައި ވާއިރު، ރާއްޖެ އެތެރެ ކުރާ ތެލުގެ ބާވަތްތަކުން 10 އިންސައްތަ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނަގާ ގޮތަށް އެކްސްޕޯޓު އިމްޕޯޓު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އިސްލާހު ގެނެސްފައެވެ.

ރާއްޖޭއަށް އިމްޕޯޓްކުރާ މުދަލުގެ 30 އިންސައްތަ ހިއްސާކުރާ ތެލުން 10 އިންސައްތައިގެ ޑިއުޓީ ނެގުމަށް ފާސްކުރިއިރު އެއީ ކުރިން ސުންރޭޓްގައި ޑިއުޓީ ނެގެމުން އައި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށްބޮޑަށް ވެއްޓިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.