ރާއްޖޭގެ ޚަބަރު ސިޔާސީ ގޮތުން ދިމާކުރޭ އެކަމަކު ލާދީނީ މީހެކޭ ނުކިޔާ: ރީކޯ މޫސާ

ސިޔާސީ ގޮތުން ދިމާކުރޭ އެކަމަކު ލާދީނީ މީހެކޭ ނުކިޔާ: ރީކޯ މޫސާ

ސިޔާސީ ގޮތުން ދިމާކުރޭ އެކަމަކު ލާދީނީ މީހެކޭ ނުކިޔާ: ރީކޯ މޫސާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިޔާސީ ގޮތުން ދިމާކުރާކަމަށާއި އެކަމަކު ލާދީނީއޭ މިހާތަނަށް އެއްވެސް މީހަކު ކިޔާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ ބުނެފިއެވެ.

ދުވަހު ނޫސް "އަވަސް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް ދީފައިވާ ބަސްދީގަތުމެއްގައި ރީކޯ މޫސަ ބުނެފައިވަނީ "ސިޔާސީ މައިދާނުގައި ވާހަކަ ދައްކަވަން ފެށީން ސުރެ އެކި ފާޑުގެ ތުހުމަތުތައް ކޮށްފައިވޭ. ސިޔާސީ މައިދާނެއްގައި އުޅޭ މީހަކާ ދިމާލަށް ދައްކާނެހާ ވާހަކައެއް ދިމާލަށް އެކި މީހުން ދައްކާ. އެކަމަކު ލާދީނީ މީހެކޭ ނުކިޔާ"ކަމަށެވެ.

ރީކޯ މޫސައާއި ދިމާއަށް "ލާދީނީ މީހެކޭ ނުކިޔާ" ކަމަށް ބުނެފައިވާއިރު "ލާދީނީ މީހެއް"ކަމުގެ ޓެގް އެންމެ ގިނަ ބަޔަކު އަޅުވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށެވެ. ރީކޯ މޫސާއާއި ނަޝީދު އާއި ސިޔާސީ ގޮތުން ދެބަސްވެފައިވާ ދަނޑީވަޅެއްގައި "އެކަމަކު ލާދީނީ މީހެކޭ ނުކިޔާ" ކަމަށް ބުނުމަކީ ނަޝީދުއަށް ޖެހިބަހެއްކަމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެއެވެ. އަދި އެކަމާއި ހިތްހަމަ ނުޖެހި ރީކޯ މޫސައަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.