ރާއްޖޭގެ ޚަބަރު ފެނުގެ މައްސަލާގައި ހުށަހެޅުއްވި ކުއްލިމައްސަލަ އަށް ބަހުސްކޮށްފި

ފެނުގެ މައްސަލާގައި ހުށަހެޅުއްވި ކުއްލިމައްސަލަ އަށް ބަހުސްކޮށްފި

ފެނުގެ މައްސަލާގައި ހުށަހެޅުއްވި ކުއްލިމައްސަލަ އަށް ބަހުސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މި ކުއްލި މައްސަލައަކީ މިއަހަރުގެ ޑިސެމްބަރ މަހުގެ 4 ވީ ބުރާސްފަތިދުވަހު، އެމް.ޑަބްލިއު.އެސް.ސީގެ ފެން ޕްލާންޓަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކުންފުނީގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ސްޓޭޝަންއެއްގެ ޖަނަރޭޓަރަކާ ގުޅާފައި ހުރި ޕެނަލް ބޯޑަކާއި އެ ބޯޑުގެ ކޭބަލްތަކުގައި ރޯވެ، ހިނގާފައިވާ އަލިފާނުގެ ހާދިސާއާ ގުޅިގެން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ދަތިކަން ދިމާވެފައިވާތީ، މިފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުށަހެޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މިމައްސަލައަށް 5 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާ ވަނީ މަޖިލީހުގައި ހަމަނުޖެހުން އުފެދި އިތުރަށް ކުރިޔަށް ނުގެންދެވިގެން ހުއްޓާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.