ފެންކުންފުނީގެ ބައެއް ޕްލާންޓް ތަކުން ފެން އުފައްދަން ފަށައިފިއެވެ.
ފެނުގެ މައްސަލަ ޙައްލު ކުރުމަށް އުފެއްދި ޓާސްކްފޯސްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ވިދާޅުވީ މިނިސްޓަރު ވިދާޅުވީ އެމްޑަބްލިޔު އެސްސީގެ ބައެއް ޕްލާންޓް ތަކުން މިހާރު ފެން އުފައްދަން ފަށާފައި ވާކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އެހެން ނަމަވެސް ޢާއްމު ކޮށް ގޭގެއަށް ފެން ދޫކުރުމަށް އަދިވެސް ދެ ދުވަހެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑަބްލިޔު އެސްސީގެ ހަލާކުވި ފަސް ޕެނަލް ބޯޑެއް މިހާރު މަރާމާތު ކުރެވިފައި ވާކަމަށެވެ.
މީގެ އިތުރުން މި މަހު ކޮންމެ ގެއެއްގެ ފެން ބިލުން 30 ޕަސަންޓް ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން މިހާރު ނިންމާަފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެއަށް ކުރިމަތިވި ފެނުގެ މައްސަލަ ޙައްލު ކުރުމުގައި އަވައްޓެރި ޤައުމު ތަކުން ވެސް ވަނީ ބޮޑެތި އެހީތަކެއް ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...