ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން ޤަރާރެއް ފާސްކޮށްފި އެވެ.
މި ޤަރާރަކީ މިއަދު ހަވީރު ބޭއްވުނު އެމްޑީޕީގެ ކުއްލި ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރެކެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ 37 މެންބަރުން ޤަރާރާއި އެކޮޅަށް ވޯޓް ދެއްވައިގެންނެވެ. މި ޤަރާރާއި ދެ މެންބަރަކު ވޯޓް ދެއްވި އިރު ވަކިގޮތަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރުން ތިއްބެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު ޢަލީވެސް ތާއީދު ކުރެއްވި މި ޤަރާރޫ ހުށަހަޅުއްވަމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ގިނައިން މިހާރު އުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައި ކަމަށާއި، ރައީސް ޔާމީން ވެރިކަން ކުރައްވަނީ ފޮރުވިގެން ހުންނަވައިގެން ކަމަށެވެ.
އެހެން ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އޮތީ އެގޮތަށް ވެރިކަން ކުރެވޭ ގޮތަށް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ނިންމުމަށް ޤަރާރެއް ފާސްކުރުމުގެ މަޤްޞަދަކީ ވެރިކަމާ ހެދި އުޅުމާއި، ވެރިކަން ހޯދުމަކީ މިވަގުތުގެ މިވަގުތު އަމާޒެއް ނޫން ކަމަށެވެ. އެހެނަސް މި ޤައުމަށް އަބަދުވެސް އެދެނީ ބާއްޖަވެރިކަމާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...