ރާއްޖޭގެ ޚަބަރު ރާއްޖޭގައި އިސްލާމް ވެގެން ޤައުމަށް ގޮސް ހުކުރު ނަމާދުގެ ސަޖިދައިގައި އޮއްވާ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި އިސްލާމް ވެގެން ޤައުމަށް ގޮސް ހުކުރު ނަމާދުގެ ސަޖިދައިގައި އޮއްވާ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި އިސްލާމް ވެގެން ޤައުމަށް ގޮސް ހުކުރު ނަމާދުގެ ސަޖިދައިގައި އޮއްވާ މީހަކު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އިސްލާމް ވެގެން ޤައުމަށް ގޮސް ނަމާދު ކުރަނިކޮށް ސަޖިދައިގައި އޮއްވާ މީހަކު ނިޔާވެއްޖެ އެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމް ވުމަށްފަހު އެނބުރި ޤައުމަށް ގޮސް ހުކުރު ނަމާދުގެ ސަޖިދައިގައި އޮއްވާ ނިޔާވެފައި ވަނީ އިޓަލީ ވިލާތުގެ ފަތުރުވެރިއެއް ކަމަށެވެ.

އިޓަލީގެ މި މީހާ އިސްލާމް ވެފައި ވަނީ ބަޙުރެއިނުގެ އަމިއްލަ ޖަމާޢަތެއް ކަމަށްވާ ޑިސްކަވާ އިސްލާމް އާއި ގުޅިގެން ދިވެހިންގެ ބަޔަކު ދާދި ފަހުން ފަށާފައިވާ ފަތުރުވެރިންނަށް ދަޢުވަތު ދިނުމުގެ ޕްރޮގްރާމެއްގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް އެނގިފައި ވެއެވެ.

އޭނާ އިސްލާމް ވުމަށްފަހު ޚިޔާރު ކޮށްފައިވާ ނަމަކީ ޢަބްދުއް ރަހުމާން މުޙައްމަދު ކަރިޓާ އެވެ.

ޒުވާން ޢުމުރުގެ މި ފިރިހެން މީހާ ނިޔާވެފައި ވަނީ އިސްލާމް ވެގެން އެނބުރި ޤައުމަށް ދިޔުމުން ޢާއިލާ އާއި ރަޙުމަތްތެރިންގެ ފަރާތުން ބޮޑެތި ދަތި ތަކާއި ތުރާ ތަކާއި ކުރިމަތި ވުމަށް ފަހު ކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވިދާޅުވީ މި މީހާ ނިޔާވެފައި ވަނީ އިއްޔެގެ ހުކުރު ނަމާދު ޖަމާޢަތުގައި ކުރަނިކޮށް ހުކުރު ނަމާދުގެ ސަޖިދައިގައި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.