މާލެ އިން ފެންކެނޑިފައި ވަނިކޮށް ފެން ހިލޭ ދީފިނަމަ މާ ބޮޑު އަގެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
މާލެއިން ފެން ކެނޑުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަގުބޮޑުކޮށް ފެން ވިއްކަމުން ގެންދާ މައްސަލަ އަށް އަލިއަޅުއްވާލައްވަމުން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، އަގުބޮޑުކޮށް ފެން ވިއްކުއްމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް އޭގެ ބަދަލުގައި ފެން ބޭނުންވާ މީހުންނަށް ހިލޭ ފެން ދީފިނަމަ އޭގެ އަގު ﷲގެ ޙަލުރަތުގައި މާ ބޮޑުވާނެ ކަމަށާއި، ދުނިޔެ މަތިން އެއަށް ލިބޭ އަގަށްވުރެ މާ ބޮޑު އަގެއް ﷲ ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެއިން ފެން ކެނޑުމާއި ގުޅިގެން އަގުބޮޑުކޮށް ފެން ވިއްކާ މައްސަލަ ސަރުކާރަށް ރިޕޯޓު ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...