ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް މޯދީ އަށް ފޮނުއްވީ އިންޑިޔާގެ ސުކްމާ ޑިސްޓްރިކްޓުގައި، އިދިކޮޅު ފަރާތްތަކުން ސެންޓްރަލް ރިސާރވް ޕޮލިސް ފޯސްއާ ދެކޮޅަށް ދިން ހަމަލާއެއްގައި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބޮޑުވަޒީރު މޯދީއަށާއި، އިންޑިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
އަދި މި ޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...