އޮސްޓުރޭލިއާގައި މުސްލިމު އަންހެނުންނަށް މޫނު ބުރުގާ އަޅައިގެން ޢާއްމުތަންތާގައި އުޅުން މަނާކޮށްފައި އޮތްއޮތުން އެޤައުމުގެ ޤާނޫނު ހަދާމަޖިޅިހުން އުވާލައިފިއެވެ.
އިއްޔެ އޮސްޓުރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުން މިކަން އުވައިލީ އެމަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެފަރާތްތަކުން މިމައްސަލަ މަޖިލީހަށް ގެންގޮސްފައިވަނީ އޮސްޓުރޭލިއާގެ މުސްލިމު އޮގަނައިޒޭޝަންތަކުންނާއި ވަކިކޮޅަކަށް ނުޖެހޭ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އޮސްޓުރޭލިއާގެ ޖަމްޢިއްޔާތަކުން މިކަމަށް އިންތިހާއަށް ފާޑު ކިޔައި ކެމްޕޭންތަކެއް ހިންގިފަހުންނެވެ.
އޮސްޓުރޭލިއާގެ ޤާނުނު ހަދާމަޖިލީހުގެ ޑިޕާޓުމެންޓު އޮފް ޕާލިމެންޓުރީ ސާވިސްގެ ސްޕޯކުޕާސަން އިއްޔެ މިކަން އިޢުލާންކުރައްވަމުން ވިދާޅުވީ އަނެއްކާވެސް އޮސްޓުރޭލިއާގެ ޢާއްމުތަންތާގައިވެސް އަންހެނުންނަށް މޫނު ބުރުގާއަޅައިގެ އުޅުން ހުއްދަ ދެވުނީ ކަމަށެވެ.
މޫނު ބުރުގާ އަޅައިގެން އުޅުން މާނާކޮށްފައި އޮތްއޮތުން އުވާލުމާއެކު ސަރުކާރުގެ އޮފިސްތަކަށްވެސް މުސްލިމު އަންހެނުންނަށް މޫނުބުރުގާ އަޅައިގެން އުޅެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...