ރާއްޖޭގެ ޚަބަރު 68 މީހުންގެ ޖާގައިގެ ބޯޓެއް ވިލާ އެއަރއިން ގެނެސްފި

68 މީހުންގެ ޖާގައިގެ ބޯޓެއް ވިލާ އެއަރއިން ގެނެސްފި

68 މީހުންގެ ޖާގައިގެ ބޯޓެއް ވިލާ އެއަރއިން ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދޭ އަމިއްލަ އެއާލައިނެއް ކަމަށްވާ "ފްލައިމީ"އިން 68 މީހުންގެ ޖާގައިގެ ބޯޓެއް ގެނެސްފިއެވެ.

އޭޓީއާރު 72 500 މަރުކާގެ މި ބޯޓު ވިލާ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުގަ ޖައްސާފަ ވަނީ އިއްޔެ ހަވީރުއެވެ. މިބޯޓާއި އެކު ފްލައިމީގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުގެ އަދަދު ވަނީ ފަހަކަށް އަރާފައި އެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާ ގުރޫޕްގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވީ، މިބޯޓު ގެނެވުމާއި އެކު ފްލައިމީން އުދުހޭ މަންޒިލްތައް އިތުރުވެގެން ދާނެކަމަށާއި އަންނަ އަހަރުގެ ތެރޭގައިވެސް ފްލައިމީގެ ފްލީޓަށް ބޯޓް އިތުރުވެގެން ދާނެކަމަށެވެ. އަދި މާމިގިލީ އެއާޕޯޓް ބޮޑުކުރުމުގެ މަަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ވިލާ އެއަރއިން ހާމަކުރާ ގޮތުގައި މެދުކަނޑާލާފައިވާ ހަނިމާދޫގެ ދަތުރުތަކާއި ކައްދޫއަށް ދަތުރުތައް ފެށުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ދެ ސަރަހައްދަށް ފްލައިމީގެ ދަތުރުތައް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.