ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހެކިބަސް ހޯދުން ލަސްވުންކަމުގައި ރައްޔިތުން މަޖްލިސްގެ މަކުނުދޫ ދާއިރާގެ މެމްބަރ އުސްތާޛާ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްވަމުންނެވެ.
އެގޮތުން އަނާރާ ވިދާޅުވީ ޝަރުޢީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހެކިބަސް ހޯދުން ލަސްވުމާއި މައްސަލަތައް ބަލަންވާ ބާރު ސްޕީޑުގައި ނުބެލެވުން ކަމަށެވެ. އަދި ހެކިބަސް ނެގުމުގައި މިހާރަށްވުރެ ރަނގަޅު ހަރުދަނާ ނިޒާމެއް ޤާއިމް ކުރަންޖެހޭ ކަމަށާއި އަދި މައްސަލަތައް މިހާރަށްވުރެ ހަލުވި ވެގެންދިޔުން ވަރަށް މުހިންމު ކަމަށެވެ.
އަނާރާ އިތުރަށް ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތަކަކީ ވަގުތުން ވަގުތަށް ހިންގައި އެކަންކަން ނިންމަންވެސް ޖެހޭފަދަ މައްސަލަތައް ކަމަށާއި ނަބިއްޔުންނާއި ރަސޫލުންގެ ސިޔަރަތުންވެސް ވަގުތުން ވަގުތަށް ހިންގައި ނިންމަންޖެހޭ މައްސަލަތައް އެނގެން އެބައޮތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...