ރާއްޖޭގެ ޚަބަރު ގެއެއްގެ މަތިން ވެއްޓުނު 16 އަހަރުގެ ކުއްޖާ އައިސީޔޫގައި ފަރުވާދެމުން ދަނިކޮން ނިޔާވެއްޖެ

ގެއެއްގެ މަތިން ވެއްޓުނު 16 އަހަރުގެ ކުއްޖާ އައިސީޔޫގައި ފަރުވާދެމުން ދަނިކޮން ނިޔާވެއްޖެ

ގެއެއްގެ މަތިން ވެއްޓުނު 16 އަހަރުގެ ކުއްޖާ އައިސީޔޫގައި ފަރުވާދެމުން ދަނިކޮން ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ.ނޭކުރެންދޫގައި ގެއެއް ހިޔާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓުނު 16 އަހަރުގެ ކުއްޖަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާންދެމުން ދަނިކޮން ނިޔާވެއްޖެ އެވެ.

އިއްޔެ ހަވީރު 6 ޖަހާކަށްހާއިރު ހިނގި މިހާދިސާގައި ވެއްޓިފައިވަނީ ނޭކުރެންދޫ ވިނަރެސް، އަޙްމަދު ވިޝާމް (16އ) އެވެ. މަޢުލޫމާތު ލިބޭގޮތުގައި އެކުއްޖާ ވެއްޓިފައިވަނީ ދެބުރިއަށް އިމާރާތް ކުރަމުންދިޔަ ގެއެއް ހިޔާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް 25 ހަކަށް ފޫޓް މަތިންނެވެ.

ވިޝާމް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި އިރުވެސް އިންޓަރނަލް ބްލީޑިންގް ވާކަމަށާއި ލޭމަދުވެގެން ލޭއަޅާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ވިސާމް ނިޔާވީ އިތުރުފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.