ރާއްޖޭގެ ޚަބަރު އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް އަބްދުﷲ ޔާމީން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވައިފި އެވެ.

މިދެބޭފުޅުންނާއި ރައީސް ޔާމިން ބައްދަލުކުރައްވާފަވަނީ 18 ވަނަ ސާރކް ސަމިޓްގެ ހަވާސާގައެވެ.

އިންޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި އެ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި ހާއްސަ ގޮތެއްގައި ރާއްޖޭގެ ސިއްހީ ‏‏ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އިންޑިޔާގެ އެހީތެރިކަން ރާއްޖެ އަށް ހޯއްދެވުމާއި ބެހޭ ގޮތުން ‏‏ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

މިބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި، ‏‏އިންޑިޔާ ‏‏ސަރުކާރުން ރާއްޖެ އަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވަނީ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ހާއްސަކޮށް، ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ބައްލަވައި ލެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.