ޤުރުޢާނާއި ބެހޭ މަރުކަޒުން އޯޓިޒަމް ހުންނަ ކުދިންނަށް ހިލޭ ޤުރުޢާން ކިޔަވައިދޭ ކްލާސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިއްޔެ އިސްލާމިކް އެފެއަރޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ބައެއް ފަރާތްތަކުން އޯޓިޒަމް ހުންނަ ކުދިންނަށް 2000 ރުފިޔާއަށް ކިޔަވައިދެމުންދާ ކަމުގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށާއި އެކަމަށް އެއަށްވުރެ ލުއި ގޮތެއް ހޯދައިދޭން ޖެހޭކަމަށެވެ. އެގޮތުން މިޗުއްޓީ ތެރޭގައި އޯޓިޒަމް ހުންނަކުދިންނަށް ޙާއްސަކޮށްގެން ޤުރުޢާން ކިޔަވައިދޭ ކްލާސްތަކެއް ޤުރުޢާނާ ބޭހޭ މަރުކަޒުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ ޗުއްޓީ ނިމުމުންވެސް ދާއިމީ ގޮތެއްގައި މިކްލާސްތައް ހިންގޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...