ގްރޭޑް ހަތަރަކުން މަތީ ގްރޭޑުތަކުގެ އަންހެން ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އެޅުން މަޖުބޫރު ކުރުމަށް ބާރަށު ސްކޫލުން ނިންމި ނިންމުން، ދަމަހައްޓަން ޖެހޭ ކަމަށް އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޝައިޚް އަލީ ޒާހިރު މިފަދައިން ވިދާޅުވެފައިވާނީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައެވެ. ޝައިޚް ވިދާޅުވެފައިވަނީ ބާރަށު ސްކޫލްގެ ނިންމުމަށް މަރުޙަބާ ކިޔާކަމަށާއި އެނިންމުން ދަމަހައްޓަން ޖެހޭކަމަށެވެ. އަދި އެއީ ހެޔޮ ވިސްނޭ ބަޔަކު ނިންމާފައިވާ ނިންމުމެއްކަން ކަށަވަރު ކަމަށެވެ.
ބާރަށު ސްކޫލްއިން މިގޮތަށް ނިންމި ކަމުގައިވިޔަސް، އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ޔުނީފޯރމްއަށް ބަދަލު ގެންނަކަމުގައިވާނަމަ ހަމަސް ދުވަސްކުރިން ބެލެނިވެރިންނަށް އަންގަން ޖެހޭނެކަމަށް ބާރަށު ސްކޫލްއަށް އަންގާފައެވެ.
ބެލެނިވެރިންގެ ތާއީދާއެކު ސްކޫލުން އެގޮތަށް ނިންމާފައިވަނީ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...