ރާއްޖޭގެ ޚަބަރު 2015 ވަނަ އަހަރުން ފެށިގެން ޤާރީ ކޯސް އަދި އިމާމް ކޯސްތަކުގައި އަރަބި ބަސް ކިޔަވައިދޭން ފަށަނީ

2015 ވަނަ އަހަރުން ފެށިގެން ޤާރީ ކޯސް އަދި އިމާމް ކޯސްތަކުގައި އަރަބި ބަސް ކިޔަވައިދޭން ފަށަނީ

2015 ވަނަ އަހަރުން ފެށިގެން ޤާރީ ކޯސް އަދި އިމާމް ކޯސްތަކުގައި އަރަބި ބަސް ކިޔަވައިދޭން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2015 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގާ ޤާރީ ކޯސް އަދި އިމާމް ކޯސްތަކުގައި އަރަބި ބަސް ކިޔަވައިދޭން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ "ޖެނުއަރީ 2015 އިން ފެށިގެން ޤުރުޢާން މަރުކަޒުން ހިންގާ ޤާރީ ކޯސްތަކުގައްޔާއި އިމާމް ކޯސްތަކުގައި އަރަބި ބަސް ކިޔަވައި ދޭނެ" އެވެ.

މިހާރުވެސް ޤުރުޢާނާއި ބެހޭ މަރުކަޒުން ހިންގާ ޤުރުޢާން ޓީޗިން ޑިޕްލޮމާ ކޯސްތަކުގައި ދަނީ އަރަބި ބަސް ކިޔަވައިދެމުންނެވެ.

2015 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެމަރުކަޒުންވަނީ މިހާރު ހުޅުވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.