ރާއްޖޭގެ ޚަބަރު ފްލައިމީގެ ބޯޓަކަށް ލިބުނު ބޮމުގެ އިންޒާރަކާއި ގުޅިގެން އެމެޖެންސީގައި ބޯޓު އަނބުރާ ޖައްސައިފި

ފްލައިމީގެ ބޯޓަކަށް ލިބުނު ބޮމުގެ އިންޒާރަކާއި ގުޅިގެން އެމެޖެންސީގައި ބޯޓު އަނބުރާ ޖައްސައިފި

ފްލައިމީގެ ބޯޓަކަށް ލިބުނު ބޮމުގެ އިންޒާރަކާއި ގުޅިގެން އެމެޖެންސީގައި ބޯޓު އަނބުރާ ޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފްލައިމީގެ ބޯޓަކަށް ލިބުނު ބޮމުގެ އިންޒާރަކާއި ގުޅިގެން އެމެޖެންސީގައި ބޯޓު އަނބުރާ ޖައްސައިފިއެވެ.

މިކަން ހާމަކޮށް ސިފައިންގެއިން ވިދާޅުވީ، ރޭ 2304 ގައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ބ. ދަރަވަންދޫ އަށް ދަތުރުކުރި ފްލައިމީ ގެ އެއަރކްރާފްޓްގެ ޕައިލެޓަށް ލިބުނު ބޮމް ތްރެޓަކާއި ގުޅިގެން، ބޯޓު އަނބުރާ 2349 ގައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައި، ބޯޓުން ދަތުރުކުރި 11 ފަސިންޖަރުންނާއި 3 ކްރޫން ސަލާމަތްތެރި ކަމާއެކު އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށުން ބާލާފައިވާ ކަމަށެވެ.

އަދި މި ބޯޓު ވެސް ހަމަޖެހިފައިވާ އުސޫލުން ބަލާ ފާސްކޮށްފައި ވާކަމަށް ސިފައިންގެއިން ވިދާޅުވިއެވެ.

ސިފައިންގެއިން ވިދާޅުވީ މި އިންޒާރާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުޤީޤުތައް ކުރިއަށް ދާތީ، މިކަމާގުޅޭ ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ފްލައިމީގެ ބޯޓެއް ރޭ ކުއްލި ހާލަތުގައި ޖެއްސިނަމަވެސް ބޯޓާއި އެއާޕޯޓުގެ ސެކިއުރިޓީ ކުލިއަ ކުރުމަށްފަހު މިހާރު ވަނީ ރަންވޭ ހުޅުވާފަ އެވެ. އަދި މިހާރު ފްލައިޓް އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.