ރާއްޖޭގެ ޚަބަރު އައްޑޫގައި ކަތިވަޅިން ޙަމަލާދިން ކަމަށް ބެލެވޭ މީހާ އަލަމާރިއެއްގެ ތެރެއިން ހައްޔަރު ކޮށްފި

އައްޑޫގައި ކަތިވަޅިން ޙަމަލާދިން ކަމަށް ބެލެވޭ މީހާ އަލަމާރިއެއްގެ ތެރެއިން ހައްޔަރު ކޮށްފި

އައްޑޫގައި ކަތިވަޅިން ޙަމަލާދިން ކަމަށް ބެލެވޭ މީހާ އަލަމާރިއެއްގެ ތެރެއިން ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލި މައްސަލާގައި ތުޙުމަތު ކުރެވޭ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހު 03:30 ހާއިރު ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ޒުވާނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަރަދޫގައި އޭނާ ދިރިއުޅޭގޭގައި އަލަމާރިއެއްގެ ތެރޭގައި ފިލާ ހުއްޓައެވެ.

މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަަމް ކޮށްލާފައި ވަނީ 34 އަހަރުގެ ފިރިހެނެކެވެ. އޭނާ އަށް ލިބުނު ޒަޚަމް ތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރޭ ވަނީ ފަރުވާ ދީފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 5 ފަހަރު ހުއްޓުވާ ސުވާލުކޮށް 11 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 9 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީއާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދިން މައްސަލައެއްގެ ރެކޯޑް އޮންނަ މީހެކެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.