ރާއްޖޭގެ ޚަބަރު ހައްޖުވެރިންނަށް ފަސޭހަކުރުމަށް މައްކާއިން ބިމެއް ހޯދަނީ

ހައްޖުވެރިންނަށް ފަސޭހަކުރުމަށް މައްކާއިން ބިމެއް ހޯދަނީ

ހައްޖުވެރިންނަށް ފަސޭހަކުރުމަށް މައްކާއިން ބިމެއް ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ހައްޖަށްދާ ފަރާތްތަކަށް ކަންކަން ލުއިފަސޭހަ ކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ މައްކާއިން ބިމެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް 365 ދުވަސް ފުރުމުގެ ގޮތުން ރޭ އަލިމަސް ކާރނިވަލްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޑރ ޝަހީމް ވިދާޅުވީ މައްކާ އިން ބިމެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ އެކަން ވެގެންދާނީ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު ކާމިޔާބީއަކަށް ކަމަށެވެ.

ސަރުކާރުގެ 365 ދުވަހުގެ މަސައްކަތްތައް ފާހަގަ ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ވީހާ ވެސް ލުއި ގޮތެއްގައި ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު އެދިވަޑައިގެންނެވި ކަމަށާއި މި އަހަރުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނެއް އުފައްދައި ފަސޭހަކަމާ އެކު ދިވެހިންނަށް ހައްޖަށް ދެވޭނެ މަގުފަހިވެފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ 365 ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއިން ކޮށްފައިވާ މަސައްކަތްތަކަށް ޑރ ޝަހީމްވަނީ އަލި އަޅުއްވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.