2015 ވަނަ އަހަރު ޤުރުޢާނާއި ބެހޭ މަރުކަޒުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެމަރުކަޒުން ހުޅުވާލައިފިއެވެ.
ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން މިކަން ހާމަކޮށްފައިވަނީ އެމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައެވެ.
2015 ވަނަ އަހަރު އެމަރުކަޒުން ޤާރީ ކޯސް ލެވެލް 1،2،3،4 ، ޤުރުޢާން މުދައްރިސް އެޑްވާންސް ކޯސް އަދި ޤުރުޢާން މުދައްރިސް ޑިޕްލޮމާ ކޯސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމަރުކަޒުން ހާމަކުރެއެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 ޑިސެމްބަރ 2014ވާ ބުރާސްފަތި ދުވަހުގެ 14:30 ގެކުރިން އެކަމަށް އެދި ފޯރމް ހުށަހެޅުމަށް އެމަރުކަޒުން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...